ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން--
ހަބަރު
27 Dec 2022 | 10:46
ގަރުނުގެ އެންމެ ރަނގަޅު ވޯލްޑް ކަޕް އަކަށް ގަތަރުގައި ބޭއްވުނު ވޯލްޑް ކަޕް

21 ވަނަ ގަރުނުގައި ބޭއްވުނު އެންމެ ފެންވަރު ރަނގަޅު ވޯލްޑް ކަޕް އަކަށް މިއަހަރު ޤަތަރުގައި ބޭއްވުނު ވޯލްޑްކަޕް ހޮވިއްޖެ އެވެ. 

ގަރުނުގެ އެންމެ ރަނގަޅު ވޯލްޑް ކަޕް އަކަށް ގަތަރުގައި ބޭއްވުނު ވޯލްޑް ކަޕް ހޮވިފައިވަނީ، ބީބީސީގެ ސްޕޯޓްސް ނިޔުސް އިން ނެގި ޕޯލް އަކުންނެވެ.

އާއްމުންނަށް ވޯޓު ލުމުގެ ފުރުސަތު ހުޅުވާލައިގެން އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ޕޯލް އިން، "ގެސްޓް ވޯލްޑް ކަޕް އޮފް ދަ ސެންޗުރީ" އަށް ގަތަރު ހޮވިފައިވަނީ ވޯޓުގައި ބައިވެރިވި %78 މީހުންގެ ވޯޓުންނެވެ. 

މި ޕޯލް ގައި ގަތަރާއި އެންމެ ކައިރިން ވާދަކުރި ޖަޕާން/ސައުތް ކޮރެއާ އަށް ލިބިފައި ވަނީ %6 ވޯޓެވެ. އެގައުމުގައި ވޯލްޑްކަޕް ބާއްވައިފައިވަނީ 2002 ވަނަ އަހަރުއެވެ. ބީބީސީގެ ޕޯލް އިން ތިންވަނަ 2014, ވަނަ އަހަރު ވޯލްޑްކަޕް ބޭއްވި ބްރެޒިލް ހޮވިފައިވާއިރު، އެ ގައުމުގައި ބޭއްވި ވޯލްޑް ކަޕް އަށް ލިބިފައި ވަނީ %5 އެވެ. 

އެންމެ ރަނގަޅު ވޯލްޑް ކަޕް އެއް ހޮވުމަށް ބީބީސީން ހުޅުވާލި މި ޕޯލް އިން ބޮޑުތަނުން ގަތަރު ކުރިހޯދާފައިވާއިރު، ބީބީސީއަކީ ފެށުނީއްސުރެ ވެސް ގަތަރުގައި ވޯލްޑް ކަޕް ބޭއްވުމާއި ދެކޮޅު ހަދައި، ގަތަރުގައި ބޭއްވި ވޯލްޑް ކަޕް އަށް އެންމެ ބޮޑަށް ފާޑުކީ ހުޅަނގުގެ މީޑިއާ އެވެ. އެގޮތުން، ވޯލްޑްކަޕް ހުޅުވުނު ގެ ރަސްމިއްޔާތު ވެސް އެ ޗެނަލުން ލައިވް ނުކުރާއިރު، އެ ރަސްމިއްޔާތާއި، ވޯލްޑްކަޕް ގައި ގަތަރުން ފެން ގުޅުނު އުސޫލުތަކަށް ވެސް އެ ނޫހުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.