މާލެސިޓީ މޭޔަރ ޑރ. މުއިއްޒު
ހަބަރު
28 Dec 2022 | 14:02
ސިޓީ ކައުންސިލުން ވެމްކޯއާމެދު ފިޔަވަޅު އަޅަނީ

ވެމްކޯއިން ގޭބިސީތަކުން ނަގަން ޖެހޭ ކުނި މަގުމައްޗަށް ނެރުން ހުއްޓާލަން, ރަސްމީކޮށް ކައުންސިލުން މިއަދު އެދޭނެ ކަމަށާއިކުނި މެނޭޖު ކުރުމާބެހޭ ގާނޫނާއި ތިމާވެއްޓާބެހޭ ގާނޫނާއި އާންމު ސިއްހަތާ ބެހޭ ގާނޫނަށް ރިޢާޔަތްކޮށް ކައުންސިލުން ވެމްކޯއާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

"އަޅުގަނޑުމެން އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ހަމަ ހަރުކަށި ގޮތުގައި ވެމްކޯއާ ދޭތެރޭގައި އަޅާނަން،" މުއިއްޒު ވިދާޅުވިއެވެ.

މާލެއާއި ވިލިމާލޭގެ އާންމު ތަންތަނުން ކުނި ނެގުމަށް ކުރިން ވެމްކޯއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތުގެ އެގްރިމެންޓް ހަމަވުމާއެކު، މިހާރު ސިޓީ ކައުންސިލުން ވަނީ އެކަން ހުއްޓާލުމަށް ވެމްކޯއަށް އަންގާފައެވެ.

މާލެއާއި ވިލިމާލޭގެ އާންމު ސަރަހައްދުތަކުން ކުނި ނަގަން ވެމްކޯ އަށް ބޮޑު ބަޖެޓެއް ދިން ނަމަވެސް އެ ކުންފުނިން ގަވާއިދުން އެ ކަން ކުރަމުން ނުދާ ކަމަށް ބުނެ، ސިޓީ ކައުންސިލުން ނިންމާފައި ވަނީ ވެމްކޯއާއެކު ހެދި އެއްބަސްވުން އާ ނުކުރުމަށެވެ.

ސިޓީ ކައުންސިލުން އަމިއްލައަށް މާލެއާއި ވިލިމާލޭގެ ޕާކުތަކާއި މައިޒާންތަކާއި މަގުތައް ސާފުކުރުމަށް ނިންމާފައި ވާއިރު، މާލޭގެ އާންމު ތަންތަނުން ކުނި ނެގުމުގެ މަސައްކަތާ ވެސް ދެން ހަވާލު ވާނީ ސިޓީ ކައުންސިލުންނެވެ.

ވެމްކޯ އިން ދެން ހަމައެކަނި ނަގާނީ ގޭބިސީތަކުން ބޭރުކުރާ ކުނި އެކަންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.