ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު -- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
28 Dec 2022 | 20:49
އަޅުގަނޑުގެ ވާދަވެރި ކެނޑިޑޭޓަކީ ކާކުތޯއެއް ނުބަލަން: ރައީސް ޞާލިހު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމެވީ، އެކުގައި ވާދަކުރައްވަނީ ކޮން ބޭފުޅަކުތޯ ބަލައިގެން ނޫން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަޝްހަރު އޮތް ގޮތުން، ކޮންމެ މީހަކު ކުރިމަތިލިޔަސް އިންތިހާބު ވާދަވެރި ވާނެ ކަމަށެވެ.

"ރިޔާސީ އިންތިހާބަށް އަޅުގަނޑު ކުރިމަތިލާން މި ނިންމީއަކީ، ކޮންމެހެން އަޅުގަނޑާ ވާދަ ކުރަނީ ކާކުތޯ ބަލައިގެނެއް ނޫން. ކޮންމެ ބޭފުޅަކު ކުރިމަތިލެއްވިޔަސް، އަޅުގަނޑު ދެކޭގޮތުގަ ވާދަވެރި އިންތިހާބަކަށް ވާނެ. އެއީ ވަކި ބޭފުޅެއް ވެގެނެއް ނޫން،" ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، އިންތިހާބުގައި ވާދަކުރަނީ ކޮން ބައެއްތޯއާއި ކޮން ޕާޓީތަކަކުންތޯ ނުބައްލަވާކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ އެއީ ވަކި ބޭފުޅެއްތޯ، ވަކި ޕާޓީއެއްގެ ބޭފުޅެއްތޯ ބަލައިގެނެއް ނޫން އަޅުގަނޑު ކުރިއަށް ދާން މި ނިންމީއަކީ. އަޅުގަނޑަށް ޓިކެޓް އިރާދަކުރެއްވިއްޔާ ލިބުމާއެކީގަ އަޅުގަނޑުގެ މަސައްކަތް ފަށާނީ އިންތިހާބު ކާމިޔާބު ކުރުމަށް. އެއީ، އަޅުގަނޑުގެ ވާދަވެރި ކެނޑިޑޭޓަކީ ކާކުތޯ ކޮންމެހެން ބަލައިގެނެއް ނޫން އަޅުގަނޑު ކުރިއަށް ދާނީ،" ރައީސް ވިދާޅުވިއެވެ.

އަންނަ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުގައި އެމްޑީޕީގެ ރިޔާސި ކެނޑިޑޭޓު ކަނޑައެޅުމަށް ރިޔާސީ ޕްރައިމަރީ ބާއްވާނެކަން އެމްޑީޕީން މިމަހު 18 ވަނަ ދުވަހު އިއުލާން ކުރުމާއިއެކު، ރައީސް ނަޝީދު ވަނީ އެމަނިކުފާނު ޕްރައިމަރީގައި ވާދަކުރައްވާނެކަން ޔަގީންކޮށްދެއްވާފައެވެ. އަދި އެކަމުގައި އެމަނިކުފާނަށް ތާއީދު ކުރެއްވުމަށް އެމްޑީޕީގެ އެންމެހައި މެމްބަރުންގެ ކިބައިން ވަނީ އެދިވަޑައިގެންފައެވެ. އަދި ރައީސް ޞާލިހު ވަނީ20 ހާސް ތާއީދު ސޮޔާއެކު ކެޑިޑެންސީ ފޯމު ހުށަހަޅައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ