ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އިސް ލީޑަރުންނާއި އެކު--ފޮޓޯ/ ޕީއެސްއެމް
ހަބަރު
28 Dec 2022 | 21:19
ޕްރައިމަރީއަށްފަހު ކޯލިޝަންގެ ތާއީދު ހޯދުމުގެ މަސައްކަތް ފަށާނަން: ރައީސް ޞާލިހު

ޖަނަވަރީ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާ، އެއަށްފަހު، ކޯލިޝަންގެ ތާއީދު ހޯއްދެވުމުގެ މަސައްކަތް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަންނަ ރިޔާސީ އިންތިހާބަށް ރައީސް ޞާލިހު ވާދަކުރައްވާއިރު، ހުންނަވާނީ މިހާރުގެވެސް ކޯލިޝަން އާއި އެކީގައިތޯ ކުރި ސުވާލަށް ޖަވާބ  ދެއްވަމުން ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ކޯލިޝަންގެ ބައިވެރިންނަަށް ހަދާ ޕާޓީތައް ކަނޑައެޅުމުގެ ކުރިން، ޔަގީން ކުރަން ޖެހޭނީ އެ އިންތިހާބުގައި އެ މަނިކުފާނު ވާދަކުރައްވާނެތޯ ނުވަތަ ނޫންތޯ ކަމަށެވެ.

އެގޮތުން، އެކަން ޔަގީން ކުރުމަށް އަންނަ ޖަނަވަރީ މަހުގައި ބާއްވާ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރައްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާ، ޕާޓީގެ ޓިކެޓު ހޯއްދެވުމަށް ފަހު އިތުރު ޕާޓީތަކާ ކޯލިޝަން ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިރާދަކުރެއްވިޔާ ޕްރައިމަރީ އަޅުގަނޑު ބޮޑު ތަނުން ކާމިޔާބު ކުރާނަން. އެއަށްފަހުގައި އަޅުގަނޑު ކޯލިޝަން އެއް އުފެއްދުމުގެ މަސައްކަތް ފަށާނަން. އަޅުގަނޑަށް ގަބޫލުކުރެވެނީ އަޅުގަނޑުމެންގެ ސިޔާސަތުތައް ތަންފީޒުކުރަމުން މި ދާގޮތަށް ބަލާފައި، ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތާއީދު އަޅުގަނޑަށް ލިބޭނެ ކަމަަށް. އަދި އެކަމު އެ މަޝްވަރާއެއް އަޅުގަނޑު ނުކުރަން. ނުރަސްމީކޮށް ވާހަކަ ދެކެވިފައި ހުންނާނެ. އެ ވާހަކައިގެ ތެރޭގައި އަޅުގަނޑުމެންނަށް ޚިޔާލު އެއްގޮތްވޭ ގިނަ ކަންތައް ތަކުގައި. އެހެންވީމާ އެ ޔަގީންކަން އަޅުގަނޑަށް ވަރަށް ބޮޑަށް އެބައޮތް" ރައީސް ޞާލިހު ވިދާޅުވިއެވެ.

ޕާޓީތަކާއި އެކު ކޯލިޝަން ހެއްދެވުމުގެ އިތުރުން، ވަކިވަކި ސިޔާސީ ފަރާތްތަކާއި ވާހަކަ ދައްކަވައިގެން އެފަރާތްތަކުގެ ތާއީދު ހޯއްދެވުމުގެ މަސައްކަތް ވެސް އެމަނިކުފާނު ކުރައްވާނެ ކަމަށާ އެ ފަރާތްތަކުގެ ތާއީދުވެސް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ