މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ރައީސް އޮފީސް
ހަބަރު
28 Dec 2022 | 23:57
ރަނިން މޭޓަކާއިމެދު އަދި ނުވިސްނަން؛ އެކަމާއިމެދު އެއްވެސް ގައުމަކުން ޕްރެޝަރެއް ނުކުރޭ: ރައީސް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ކާމިޔާބު ޖުރެވޭނެ ކަމާއިމެދު ޔަގީންކަން އޮތަސް ރަނިންމޭޓަކާ މެދުގައި އަދި ނުވިސްނަވާ ކަމަށާ، އެކަމާއި ގުޅިގެން ބޭރުގެ އެއްވެސް ގައުމަކުން ޕްރެޝަރު ނުކުރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިފަދައިން ވިދާޅުވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަނިންމޭޓަކަށް ފޮރިން މިނިސްޓަރު ޝާހިދު ހަމަޖެއްސުމަށް އިންޑިއާއިން ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެ، ވާހަކަ ދެކެވޭ ކަމަށާއި، ޝާހިދަކީ ރަނިންމޭޓަކަށް ވުމުގެ ފުރުސަތު އޮތް ބޭފުޅެއްތޯ  ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. 

އެ ސުވާލުގެ ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރަނިންމޭޓަކާ މެދު ނުވިސްނަވާ ކަމަށާ، އަދި އެކަމުގައި ބޭރު ގައުމަކުން ނުފޫޒުވެސް ނުފޯރުވާ ކަމަށެވެ.

"ރަނިންމޭޓެއް އަދި ކަނޑައެއް ނާޅަން. އަޅުގަނޑަކަަށް ނާދޭ އެކަހަލަ އެއްވެސް ޕްރެޝަރެއް. ޚާއްސަކޮށް ވަކި ގައުމަކުން ރާއްޖޭގެ ސިޔާސީ ކަންކަމާ ނުބެހޭނެ. އެކަމުގެ ޔަގީންކަން އަޅުގަނޑުގެ އެބައޮތް." ރަަަަައީީީސް ޞާލިހުު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި އެމްޑީޕީގައި ރިޔާސީ ކެންޑިޑޭޓުންނަށާއި އަދި ރަނިން މޭޓުންގެ ގޮތުގައި އެކަށީގެންވާ ބޭފުޅުން އެބަތިއްބެވިއެވެ. އެހެންނަމަވެސް، ރަނިން މޭޓެއް އަދި ކަނޑަނާޅުއްވާ ކަމަށާ އެކަން ކުރައްވާނީ ރިޔާސީ ޕްރައިމަރީއަށްފަހު، އިންތިޚާބުގައިިިިި އެމަނިކުފާނާއި އެކު ބައިވެރިވާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކާއިވެސް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ވިދާޅުވިއެވެ.

ރައީސް ޞާލިހުގެ މި ދައުރުގެ ނައިބު ރައީސް ފައިސަލް ނަސީމް ރަނިން މޭޓަކަށް އޭރު ހަމަޖެއްސީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނެގި ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. ފައިސަލް ނަސީމް އަކީ މިހާރުގެ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ