ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ--
ހަބަރު
29 Dec 2022 | 23:08
މިއީ ރިއެކްޓް ކުރާ ޕާޓީއެއްނޫން؛ މިއީ އަބަދުވެސް ހަކުޅި ކުރިއަށް ކުޅޭ ޕާޓީއެއް: މާރިޔާ

އަދުގެ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އަކީ އެއް އިރެއްގައިވެސް ރިއެކްޓް ކުރާ ޕާޓީއެއް ނޫންކަމަށާއި، އެއީ އަބަދުވެސް ހަކުޅި ކުރިއަށް ކުޅޭ ޕާޓީއެއް ކަމަށް ވިދާޅުވެ، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ނަޝީދުގެ ކެމްޕެއިން، "ފިކުރެއްގެ ދިރުން" ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ސަރުކާރު ހިންގުމުގެ ތެރޭގަ އާއި އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރުމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު، "ރިއެކްޓް" ނުކުރައްވާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

"ނުވި، ނުވި. ނުވި. ރިއެކްޓެއް ނުކުރެއްވި. ވެށިފަށި މާލެ ޕްރޮގްރާމަށް ވެސް އެއްވެސް ރިއެކްޝަނެއް ނެތް. އެއްދަންފަޅީގެ މަދަރުސާއަކަށް ވެސް ނެތޭ ރިއެކްޝަނެއް. އައްޑޫ ސިޓީއާ ބޮޑެތި ރަށްތަކުގެ އިގުތިސޯދު ވަށައިގެންވާ އެހެން ރަށްތަކާ އަދި ތިނަދޫގެ ބޮޑު އިގުތިސޯދު، ބޮޑު އިގުތިސޯދު. ހުވަދު އަތޮޅުގެ އެތައް ރަށެއްގެ، ކިތައްމެ ރަށެއް މިހާރު އެބަހުރި 4،000 މީހުންނަށް ދާ. މިއީ އެކަށީގެންވާ ރަނގަޅު ވިކުރާއެއް ނުކުންނާނެ ވިޔަފާރި ކުރެވޭނެ ރަށްރަށް،" 

"ރައީސް ސޯލިހު އެތައް ތަގުރީރެއްގައި، ކިތައްމެ އިންޓަވިއުއެއްގައި ސާފު ސަރީހަ އިބާރާތުން ވިދާޅުވަމުން ގެންދެވި ވާހަކަ. ނަމަވެސް ވެރިކަމަށް ވަޑައިގެންފައި ރިއެކްޓެއް ނުކުރެއްވި." ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހަށް ފާޑުވިދާޅުވެ ނަޝީދު ވިދާޅުވި އެވެ. 

ނަޝީދުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން، މިހާރު ކުރިއަށްދާ، ރައީސް ޞާލިހުގެ ކެންޕެއިން ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ރިއެކްޓް ކުރުމުގެ ވާހަކަ ރައީސް ނަޝީދު ދެއްކެވުމުން ވަރަށް ބޮޑަށް ހައިރާންވެވަޑައިގަންނަވާ ކަމަށާ، އެއީ އެމްޑީޕީގެ ވިސްނުމާއި ވަރަށް ދުރު ކަމެއް ކަމަށެވެ. 

"އަޅުގަނޑު ވަރަށް ހައިރާންވޭ، މި ޕާޓީގެ ރައީސް ރިއެކްޓް ނުކުރައްވާ ވާހަކަ ވިދާޅުވީމަ. މި ޕާޓީއަކީ އެއްވެސް އިރެއްގައި ރިއެކްޓް ކުރާ ޕާޓީއެއް ނޫން. މި ޕާޓީއަކީ ޕްރޯއެކްޓިވް ޕާޓީއެއް. މިއީ އަބަދުވެސް ހަކުޅި ކުރިއަށް ކުޅޭ ޕާޓީއެއް. ތިބޭފުޅުން ހަނދުމަފުޅު ހުންނާނެ އަޅުގަނޑުމެންނަކީ ބައެއްގެ ފަހަތުން، ބަޔަކު ކުރާ ކަމަކަށް ބަލަމުންދާ ބައެއް ނޫން. ހަކުޅި ކުރިއަށް ކުޅޭ ވާހަކަ ދައްކަމުން މި ހިސާބަށް އައިސްފައި، ކުއްލި އަކަށް ރިއެކްޓް ގެ ވާހަކަ ދެއްކީމާ އަޅުގަނޑު ވަރަށް ދެރަވޭ. ޕާޓީގެ ވިސްނުމާއި ވަރަށް ބީރަށްޓެހި ވިސްނުމެއް އެއީ ރިއެކްޓް ކުރުމުގެ ވާހަކަ." މާރިޔާ ވިދާޅުވިއެވެ. 

ކޮމެންޓް
މުހައްމަދު
ވޭތުވެ ދިޔަ ދުވަސްތަކުގައި އެކަންއޮތީ ވަރަށް ގަގަޅަށް އެނގިފައި. ތިކުޅޭ ކުޅިތަކުގެ ސަބަބުން ރައްޔިތުންނަށް މުސީބާތަކަށް ވެއްޖެ.
30 Dec 2022
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.