މާލޭސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު--
ހަބަރު
30 Dec 2022 | 15:34
ވެމްކޯއާއި އެންވަޔަރަމެންޓް މިނިސްޓްރީން ދޮގު ހެދިޔަސް ހަގީގަތް ވަރަށް ސާފު: ޑރ. މުޢިއްޒު

މާލެ ސިޓީ ގޭގެއިން ކުނި ނެގުމުގެ މައްސަލާގައި ވެމްކޯއާއި އެންވަޔަރަމެންޓް މިނިސްޓްރީން ކިތަންމެ ދޮގެއް ހެދި ނަމަވެސް، ހަގީގަތް ވަރަށް ސާފު ކަމަށް މާލެސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ވެމްކޯއިން ގޭބީސީތަކުން ކޮތަޅުތަކަށް އަޅައިގެން ނެރޭ ކުނި ވެމްކޯއިން ނުނަގާ މައްސަލަ ފެންމަތި ވުނާއި ގުޅިގެން އާއްމުންގެ ޝަކުވާ އާއި ސިޓީ ކައުންސިލްގެ ނުރުހުން އަމާޒުވުމާއި ގުޅިގެން އެ ކުންފުނިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، އެ ކުންފުނިން ކުނި ނުނަގަނީ ކުނި ނެގުމަށް ރެޖިސްޓާ ނުކުރާ ގޭގެއިން ކަމަށެވެ. 

އެހެން ނަމަވެސް، ކުނި ނެގުމަށް ވެމްކޯ ގައި ރެޖިސްޓާ ކޮށް، އެކަމަށް ދައްކަން ޖެހޭ ފީ ދައްކާ މީހުންގެ ކުނިވެސް ނުނަގާ ކަމަށް ބައެއް ފަރާތްތަކުން ބުނުމާއި ގުޅިގެން މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު ހެނދުނު ދިމާވި އެތައް ބަޔަކު، އެގޭގެއިން ވެމްކޯއަށް ފައިސާ ދައްކާފައިވާ އިރު ވެސް ކުނި ނުގެންދާ ކަމަށް ބުނެފައިވާ ކަމަށެވެ.

"ތިމަންނަމެން ވެމްކޯއަށް ފައިސާ ދައްކަމޭ، ގޭ ދޮރުމަތީގައި ބަހައްޓާށޭ ބުނެފައި އޮންނަނީ. އެކަމަކު މިހާރު އެ ކުނި ނުގެންދެޔޭ. ވެމްކޯގެ ވެރިންނާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ވެރިން ކިތަންމެ ވަރަށް ދޮގު ހެދިޔަސް ހަގީގަތް ސާފު" ޑރ. މުޢިއްޒު ވިދާޅުވިއެވެ. 

ވެމްކޯއިން އިއްޔެ ބުނެފައިވާ ގޮތުގައި މަގު މަތީގައި ގޭގެއިން ބަހައްޓާފައި ހުންނަ ކުނި ވެމްކޯއިން ނަގަމުންދިޔައީ މަގު މަތި ސާފު ކުރުމަށް ސިޓީ ކައުންސިލުން ވެމްކޯއާއި ހަވާލު ކޮށްފައިވާތީ ކަމަށާ، އެކަން ދެން ކުރާނީ ސިޓީ ކައުންސިލުން އެކަން ހަވާލުކުރީމައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.