މާލެސިޓީ ކައުންސިލްގެ ރައީސް އަދި ކުރީގެ ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ/ ވަގުތު
ހަބަރު
01 Jan 2023 | 09:41
މި ސަރުކާރުން ނިންމި 26 ބަނދަރަގެ މަސައްކަތް ފެއްޓެވީ ރައީސް ޔާމީން: ޑރ.މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މި ސަރުކާރުން ނިންމި ކަމަށް ބުނާ 47 ބަނދަރު ތަކުގެ ތެރެއިން 26 ބަނދަރަގެ މަސައްކަތަކީ ކުރީގެ ރައީސް، ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި ފެށިފައިވާ މަސައްކަތް ކަމަށް މާލެސިޓީ ކައުންސިލްގެ ރައީސް އަދި ކުރީގެ ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

މިދައުުރުގައި 47 ބަނދަރުގެ މަސައްކަތް ނިމި 36 ބަނދަރު ހެދެމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ވިދާޅުވުމާއި ގުޅިގެން އެއަށް ރައްދު ދެއްވައި މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން އެމަނިކުފާނުގެ ވެރިކަމުގައި 108 ބަނދަރުގެ މަސައްކަތް ނިންމެވިކަމަށެވެ. 

އަދި އެ މަނިކުފާނުގެ ވެރިކަން ނިމުނުއިރު 26 ބަނދަރުގެ މަސައްކަތް ކުރިއަށް ދިޔަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

"މި ވެރިކަމުގައި ނިންމި ކަމަށް ބުނާ 47 ބަނދަރުގެ ތެރެއިން 26 ބަނދަރަކީ ރައީސް ޔާމީންގެ ވެރިކަމުގައި ފެށިފައިވާ ބަނދަރުތައް." ޑރ. މުއިއްޒު ވިދާޅުވި އެވެ. 

ރައީސް ޞާލިހުގެ މި ވެރިކަމުގައި އެންމެ އަޑު ހަރުކޮށް އެމަނިކުފާނުގެ ސަޕޯޓަރުން ދައްކާ ވާހަކަ އަކީ މި ސަރުކާރުން ހަދާ ބަނދަރު ތަކާއި، ފެނާއި ނަރުދަމާގެ ވާހަކަތަކެވެ. އަދި އެއީ މިސަރުކާރުން ކުރި ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ގޮތަށް ސިފަވާ ގޮތަށްވެސް އެ ފަރާތްތަކުން އަންނަނީ ވާހަކަ ދައްކަމުންނެވެ. 

އެހެން ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި، ތަރައްގީގެ އިތުރު ބިޔަ މަޝްރޫއުތައް ހިންގަމުންވެސް އެކަންކަން ކޮށްދެއްވާފައިވާ ކަމަށް ވިދާޅުވެ ޔާމީންގެ ސަޕޯޓަރުން އަންނަނީ މި ސަރުކާރުގެ ދައުރު ހަމަވާއިރުވެސް ތަރައްގީގެ 'ބިޔަ' މަޝްރޫއު އެއް ނުހިންގޭ ކަމަށް ބުނަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Aug 2026
އުރީދޫ ޕީއެމްއެންސީ މޯލްޑިވްސް ފައިނަލްސްގައި 16 ޓީމަކުން ތަށްޓަށް ވާދަކުރާނެ
12 Aug 2026
ދައުލަތަށް ދަރިފުޅު ނެގި މައްސަލަ: އެކަން ބަލަމުންދާ ކަމަށް އެޗްއާރުސީއެމުން ބުނެފި
އެ ކޮމިޝަނުން މިހެން ބުނީ އެ މައްސަލާގައި އެޗްއާރުސީއެމުން އެއްޗެއް ނުބުނާތީ އެތައް ބަަޔަކު ފާޑުކިޔުންް އަމާޒު ކުރުމުންނެވެ.
12 Aug 2026
މަހާއި ރިހާކުރު ކައްކާ އަދި ހަވާދު ހަދާ މީހުންނަށް ޒޯނެއް ކަނޑައަޅާ ފުރުސަތު ދެނީ
މިކަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
12 Aug 2026
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލު ރާއްޖެ އެތެރެކޮށްފި
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ "އޮޕްޑިވޯ" ބްރޭންޑުގެ އިންޖެކްޝަނެއްގެ ނަކަލު (ފޯލްސިފައިޑް) ބެޗެއް ރާއްޖެއަށް އެތެރެކޮށްފައިވާތީ، އެ ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މަނާކޮށްފިއެވެ.
12 Aug 2026
އެއިމްގެ ސަބަބުން ދާއިރާއަށް ގާބިލު މީހުން ބިނާކުރުން ހަލުވިވާނެ
އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް) އިފްތިތާހުކުރުމާއެކު، ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ގާބިލު ފަންނީ މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ދިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
12 Aug 2026
އެމްއޭސީއެލްގެ އޭވިއޭޝަން ތަމްރީނު އިންސްޓިޓިއުޓް ހުޅުވައިފި
އެމްއޭސީއެލްގެ އޭވިއޭޝަން ތަމްރީނު އިންސްޓިޓިއުޓް "އެއިމް" ރަސްމީކޮށް އިފްތިތާޙުކޮށް، އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަކުރި 29 ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
12 Aug 2026
މަންފާގެ ފުރަތަމަ ޤުރުއާން ކޭމްޕް މަހިބަދޫގައި، ތަފާތު ގިނަ ހަރަކާތްތަކާއި މުބާރާތްތައް
"މަންފާ ޤުރުއާން ކޭމްޕް" އަކީ ކޮންމެ އަހަރަކު ރަށެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ކޭމްޕެކެވެ. ފުރަތަމަ ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މަހިބަދޫގައި އޮގަސްޓް 26 އިން 28 އަށެވެ.
12 Aug 2026
ތަކެތީގެ އަގުތައް މިދާވަރުން އުފުލިގެން ދާނަމަ ހައިޕާ އިންފްލޭޝަނަކަށް ގޮސްދާނެ
ކަޅު ބާޒާރުގައި ޑޮލަރެއް ލިބޭ އަގު 22 ރުފިޔާ އާ ހިސާބަށް ހިނގައްޖެކަމަށާއި، މިގޮތަށް ޑޮލަރުގެ އަގު އުފުލުމާއެކު ތަކެތީގެ އަގުތައް މައްޗަށްގޮސް އެންމެފަހުން ބައްދަލުކުރާނީ ހައިޕާ އިންފްލޭޝަނަކާކަން ރައީސް ނަޝީދު ވިިދާޅުވިއެވެ