ރައީސް ސޯލިހުގެ ކެމްޕޭނުގައި މާރިޔާ ގެތަކަށް ވަޑައިގަތުން/ ފޮޓޯ: އެމްޑީޕީ
ހަބަރު
02 Jan 2023 | 22:49
ރައީސް ޞާލިހަށް ދެވަނަ ދައުރެއް ހޯއްދަވާ ދެއްވަން މާރިޔާ ދޮރުން ދޮރަށް!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިބާރުކޮށްދިނުމަށް ކުރިއަށް ގެންދާ ޑޯ-ޓު-ޑޯ ކެމްޕޭނުގައި ޑިފެންސް މިނިސްޓަރު މާރީޔާ އަހުމަދު ދީދީ ހެންވޭރު ހުޅަނގުގެ ގެތަކަށް ޒިޔާރަތްކުރައްވައިފި އެވެ. 

މި ކެމްޕޭނުގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއަކީ ރައީސް ސޯލިހުގެ ކެމްޕޭނުގެ މާލޭގެ ކޯޑިނޭޓަރެވެ. އެކަމަނާ މިއަދު ވަނީ ރައީސް ސޯލިހަށް ތާއީދު ހޯއްދެވުމަށް ހެންވޭރު ހުޅަނގުގެ ގެތަކަށް ޒިޔާރަތް ކުރައްވާފަ އެވެ. އަދި އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރައްވާ ވަގުތު ހޭދަކުރައްވާފަ އެވެ. 

ރައީސް ސޯލިހަށް ތާއީދު ހޯއްދެވުމަށް މިނިސްޓަރު މާރިޔާ ގެތަކަށް ޒިޔާރަތް ކުރައްވާފައިވާއިރު އަރިހުގައި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ވެސް ވަނީ ވަޑައިގެންފަ އެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހަށް ދައުރެއް ދޭން ޖެހޭކަމަށް ވިދާޅުވެ މިނިސްޓަރު މާރިޔާ ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ. 

އެގޮތުން ރައީސް ސޯލިހުގެ ކެމްޕެއިން ރަސްމީކޮށް ފެއްޓުމަށް ބޭއްވި ޖަލްސާގައިވެސް މާރިޔާ ވަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދެއްވުމަށް ގޮވާލައްވާފައެވެ. 

މާރިޔާ ވަނީ ރައީސް ސޯލިހު ކަންކަމުގައި ރިއެކްޓު ނުކުރައްވާކަމަށް ސިޔާސީ ލީޑަރުން ދައްކަވާ ވާހަކަތަކަށްވެސް ރައްދުދެއްވާފައެވެ. އެގޮތުން ރައީސް ސޯލިހު ކަންކަމުގައި ރިއެކްޓު ކުރައްވަނީ ހިކުމަތްތެރިކަމާއެކުގައި ކަމަށާއި، އެމްޑީޕީގެ ސިފަތައް އެމަނިކުފާނު ދަމަހައްޓަވާކަމަށް މާރިޔާ ވިދާޅުވިއެވެ. 

ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ރައީސް ސޯލިހަށް ތާއީދު ހޯއްދެވުމަށް ގެތަކަށް ޒިޔާރަތް ކުރައްވަނީ

އެމްޑީޕީގެ ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވަމުން އަންނައިރު، މި އިންތިޚާބަކީ ފޯރިގަދަ އިންތިޚާބަކަށް ވާނެއެވެ. އަދި ޕާޓީގެ ކުރިމަގު ބިނާ ކުރާނެ އިންތިޚާބަކަށް ވެގެންދާނެކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރައްވާ ބޭބޭފުޅުން ގެންދަވަނީ އަންދާޒާކުރައްވަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.