މިނިސްޓަރު އަމީރު ރައީސް ސޯލިހުގެ އަރިހުގައި ވިޔަވަތި ކޮންފަރެންސްގައި ބައިވެރިވަނީ/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
03 Jan 2023 | 09:58
ރައީސް ޞާލިހު އިގްތިސާދީ ނިންމުންތައް ނިންމަވަނީ ސިޔާސީ މަންފާއަށް ބައްލަވާފައެއް ނޫން: އަމީރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިގްތިސާދީ ކަންކަން ނިންމަވަނީ ލިބިވަޑައިގަންނަވާނެ ސިޔާސީ މަންފާއަށް ވިސްނަވާފައި ނޫންކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. 

އަމީރު އެފަދައިން ވިދާޅުވެފައިވަނީ ރައީސް ސޯލިހުގެ އިގްތިސާދީ ސިޔާސަތަށް ތައުރީފުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިގްތިސާދީ ސިޔާސަތުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދު ކޯވިޑްގެ ކުރީގެ ހާލަތަށް ރުޖޫއަ ކުރެވިފައިވާކަން ފާހަގަކުރައްވާ ކުރެއްވި ޓްވީޓެއްގައި އަމީރު ވިދާޅުވީ އައިއެމްއެފް ގެ ސްޓާފް ވިޒިޓަށް ފަހު ނެރެފައިވާ ޕްރެސް ރިލީޒްގައި ފާހަގަކޮށްފައިވާ ގޮތަށް ރާއްޖޭގެ އިގުތިސާދު ދަނީ ބާރަށް ކުރިއަރަމުންކަމަށެވެ. 

އިގްތިސާދީ ދަތި ހާލަތުން ގައުމު ސަލާމަތް ކުރުމަށް ރައީސް ސޯލިހު ކަންކަން ނިންމަވަނީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ ސިޔާސީ މަންފާއަށް ބެއްލެވުމެއްނެތި ކަމަށް އަމީރު ވިދާޅުވިއެވެ. 

"އިޤްތިސާދީ މި ދަތި ދަނޑިވަޅުން އަރައިގަތުމަށް ކޮންމެހެން ނިންމަންޖެހޭ ނިންމުންތައް ރައީސް ނިންމަވަނީ އޭގެން ސިޔާސީ މަންފާއެއް ހޯއްދަވާކަށް ނޫން"

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު 

އެވިދާޅުވާ ނިންމެވުމަކީ ރިޔާސީ އިންތިޚާބުގެ އަހަރާއި ދިމާކޮށް ޖީއެސްޓިއާއި ޓީޖީއެސްޓީ ބޮޑުކުރުންކަމަށް ބެލެވެއެވެ. އެއީ ކުރިމަތީގައި ރިޔާސީ އިންތިޚާބު އޮއްވާ ޓެކްސް ބޮޑުކުރުމަކީ ސިޔާސީ ބޭނުމަކަށް ސިޔާސީ ލީޑަރަކު ކުރައްވާނެކަމެއް ނޫންކަމަށް މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ. 

އަމީރު ވިދާޅުވީ އަވައްޓެރި ގައުމުތަކުން އިގްތިސާދީ ކަންކަން ސިޔާސީ ކުރުމުން ނިކުތް ނަތީޖާ ފެނިފައިވާކަމަށެވެ. 

އެހެން ނަމަވެސް ރައީސް ސޯލިހަކީ ސިޔާސީ މަންފާއެއް ހާސިލްކުރެއްވުމަށް އެފަދަ ނިންމެވުމެއް ނިންމަވާނެ ފަރާތެއް ނޫންކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ. 

އެމަނިކުފާނު އަބަދުވެސް އިސްކުރައްވަނީ ގައުމާއި ރައްޔިތުންކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ޢަލީބެ
ރަނގަޅުވާހަކައެއް. ސިޔާސީގޮތަކީ ކޮންގޮތެއް؟ ވޯޓުލާންގާތްވީމަ 50 މީހުން އުޅޭރަށުގެ ވިލުހިއްކަން 500 މިލިޔަންހަރަދުކުރިޔަސް.
03 Jan 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.