މަރުގެ މައްސަލައެއްގައި ތުހުމަތުކޮށް ހައްޔަރު ކުރި މުހައްމަދު ނިޒާމް: ފޮޓޯ/ ޕޮލިސް
ހަބަރު
03 Jan 2023 | 13:46
ގެލިގެން ހޯދަމުން ދަނިކޮށް ފެނުނު މީހާ މަރުގެ މައްސަލައެއްގައި ހައްޔަރުކޮށްފި

ވިލިމާލެއިން ތެޔޮ ބޯޓެއްގައިފުރި ފަހުން ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރި، ގދ. ތިނަދޫ / މަނާރު، މުޙައްމަދު ނިޡާމް (45އ) މިއަދު ހޯދައި އޭނާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. 

ތެޔޮ ބޯޓުން ފުރި ފަހުން ޚަބަރެއް ނުވެގެން، ގެއްލިގެން ހޯދަމުންދިޔައީ މުޙައްމަދު ނިޡާމްގެ އިތުރުން ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން (35އ) އެވެ.

އެ ދެ މީހުން ވިލިމާލެ އިން ފުރާފައިވަނީ ޑިސެމްބަރ 28 ވަނަ ދުވަހުގެ ރޭ ގައި ކަމަށް ފުލުހުން ބުނެފައިވާއިރު އެ މީހުންގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު 29 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށްވެސް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ.

އޭގެތެރެއިން، މުޙައްމަދު ނިޡާމް މިއަދު މާލޭގައި ހުންނަ ގެސްޓް ހައުސް އަކުން ފެނިފައިވާއިރު، ކޯޓު އަމުރެއްގެ ދަށުން އޭނާ މިއަދު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ދާދި ދެންމެ އަކު ވަނީ ބުނެފައެވެ. 

އަދި އޭނާ ހައްޔަރު ކޮށްފައިވަނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަރުގެ މައްސަލަ އަކާއި ގުޅިގެން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. 

އެ ބޯޓުން ގެއްލުނު މުހައްމަދު ނިޒާމް މަރުގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާއިރު، އެ ބޯޓުން ގެއްލުނު ބިދޭސީ މީހާ ފެނުނު ކަމެއް ނުވަތަ ނުފެންނަ ކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި ނިޒާމް ހައްޔަރު ކުރީ ބިދޭސީ މީހާގެ މަރުގެ މައްސަލައަކާއި ގުޅިގެން ކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.