ސަލާޙް ގެ ސޮއިކޮށްފައިވާ ޓީޝާޓެއް ރައީސް މައުމޫނަށް

ސަލާހް ސޮއިކޮށްފައިވާ ޖާޒީ މައުމޫނާ ހަވާލުކުރަނީ: ފޮޓޯ/ ޓުވިޓާ ރައީސް މައުމޫން

ލިވަޕޫލަށް ކުޅެމުން އަންނަ އެ ޓީމުގެ ހުނަރުވެރި ފޯވާޑް މުހައްމަދު ސަލާހް ސޮއިކޮށްފައިވާ ޖާޒީ އެއް، ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ފޮނުވައިފިއެވެ.

ސަލާހްގެ ސޮއި ކޮށްފައިވާ ޖާޒީ ފޮނުވުމާއި ގުޅިގެން އެކަމަށް ޝުކުރު އަދާކޮށް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ އެއީ އަގުހުރި ހަޒާނާއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

އަދި ސަލާހްއަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ފުޓުބޯޅާ ކުޅުންތެރިޔަ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ. 

Advertisement

މީގެ އިތުރުން، އެ ޖާޒީ ހަވާލުކޮށްދެއްވި ކަމަށްޓާކާ މައުމޫން ވަނީ ސިމާއު ސައީދަށް ޝުކުރުއަދާކޮށްފައެވެ. ސިމާއު އަކީ ލިވަޕޫލާއި އިޓަލީގެ ގިނަ ކުޅުންތެރިންނާ ގާތް ގުޅުމެއް އޮންނަ ދިވެއްސެކެވެ. 

ރައީސް މައުމޫން އަކީ ފުޓުބޯޅަ އަށް ލޯބިކުރައްވާ، އަދި އެ ކުޅިވަރަށް ލޯބިކުރާ ގިނަ ޒުވާނުންނާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް
އައްމަޓީ
މުސްކުޅި އުމުރު ފުޅުގައި ޚަބަރުތަކުގެ ފަލަ ސުރުހީން ޖާގަ ހޯދާއިރު މަނިކުފާނަކީ ދިގު ތިރީސް އަހަރުގައި ވެސް ފެއިލް އަދި ކޮއްކޯ ފުޅުގެ ވެރިކަމުގައިވެސް ފެއިލިއަރ އެއް. ވަރަށް ސަލާމް
03 Jan 2023