ފަޅުތެރެއަށް އެޅިފައިވާ ކަޅުތެޔޮ ސާފުކުރުމުގެ މަސައްކަތް ކުރަނީ/
ހަބަރު
03 Jan 2023 | 16:56
ފަޅުތެރެއަށް ކަޅުތެޔޮ އެޅެން ދިމާވި ސަބަބު އަދި ނުހޯދޭ: އީޕީއޭ

މާލޭ ރަސްމީ ފާލަމާ ދިމާ ފަޅުތެރެއަށް ކަޅުތެޔޮ އެޅެން ދިމާވި ސަބަބު އަދި ދެނެގަނެވިފައި ނުވާކަމަށް އެންވަޔަރުމަންޓު ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ) އިން ބުނެފިއެވެ. 

މާލޭ ރަސްމީ ފާލަމާ ތިން ނަންބަރު ޖެޓީ އާ ދިމާ ފަޅުތެރެއަށް "ކަޅު ތެޔޮ" އެޅިފައި ހުރިކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެތަން ސާފުކުރުމުގެ މަސައްކަތް އެމްއެންޑިއެފްއިން ވަނީ ކޮށްފައެވެ. އެގޮތުން 700 މިލިލިޓަރުގެ ތަޅުތެޔޮ ނަގާ ސާފުކޮށްފައިވާކަން އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ. 

އެމްއެންޑީއެފްއިން ބުނީ އެ ސަރަހައްދަށް 1000 ލިޓަރުގެ ތެޔޮ އެޅިފައި ހުރިކަމަށެވެ. 

އެކަން ހިނގައިދިޔަގޮތް ތަހުގީގު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ. 

އެކަމާއި ގުޅޭގޮތުން އީޕީއޭގެ ޑިރެކްޓަރު އިބްރާހިމް ނައީމު ވިދާޅުވީ ތެޔޮ އެޅެން ދިމާވި ސަބަބު މިހާތަނަށް ދެނެގަނެވިފައި ނުވާކަމަށެވެ. އެހެން ނަމަވެސް އެކަން ބަލަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. 

އޭގެ އިތުރުން ނައީމު ވިދާޅުވީ ފަޅުތެރެއަށް ތެޔޮ އެޅުމާއި ގުޅިގެން އެ ސަރަހައްދުގައި އެއްވެސް ދިރުމަކަށް ގެއްލުމެއް ލިބިފައިވާކަން އަދި ފާހަގަކުރެވިފައި ނުވާކަމަށެވެ. 

"މިވަގުތު ހުރީ ޝައްކުތަކެއް. ސީދާ ކަން ހިނގި ގޮތް ބަލަމުން މިދަނީ. އަޅުގަނޑުމެންނަށް ބޮޑަށް ބެލެވެނީ އެއީ ކަޅުތެޔޮ ނޫން ކަމަށް. އެއީ ހެވީ ފިޔުލް އޮއިލް ކަމަށް"

ދައުރު ނޫހަށް ދެއްވި އިންޓަރވިއުއެއްގައި ނައީމު ވިދާޅުވި

ހެވީ ފިއުލް އޮއިލްއަކީ އާގު ބޯޓް ފަހަރު ފަދަ ބޮޑެތި ބޯޓްތަކުގައި ބޭނުންކުރާ ތެލުގެ ބާވަތެކެވެ.އީޕީއޭއިން ބުނީ، އެކަން ހިނގައިދިޔަ ގޮތް ބަލަމުންދާކަމަށާއި، އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ އެކަން ދިރާސާ ކުރުމަށްފަހު ހާމަކުރައްވާނެކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.