ބޯންމައުތާއި މެންޗެސްޓަރ ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން
ކުޅިވަރު
04 Jan 2023 | 05:27
ޔުނައިޓެޑް ފަސޭހަކަމާއި އެކު މޮޅުވިއިރު ރަޝްފޯޑްގެ ލަނޑުޖެހުމުގެ ސިލްސިލާ ކުރިއަށް

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ބޯންމައުތު ފަސޭހަކަމާއި އެކު 3-0 ން ބަލިކޮށް ލީގު ތާވަލުގެ ތިން ވަނާގައި އޮތް ނިއުކާސަލް ޔުނައިޓެޑާއި ޕޮއިންޓްގެ ގޮތުން މެންޗެސްޓަރ ޔުނައިޓެޑް އާރާ ހަމަކޮށްފިއެވެ.

މިވަގުތު ރަގަޅު ފޯމެއްގައި އޮތް މެންޗެސްޓަރ ޔުނައިޓެޑަށް މިރޭގެ މެޗުގައި ލީޑު ނަގައިދިނީ ބުރެޒިލްގެ މިޑްފީލްޑަރ ކަސަމީރޯއެވެ. މިއީ ޑެންމާކުގެ ތަޖުރިބާކާރު މިޑްފީލްޑަރ ކްރިސްޓިއަން އެރިކްސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކަސަމީރޯ ކާމިޔާބުކޮށްދިން ގޯލެކެވެ. މި ލަނޑާއި އެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ން މެންޗެސްޓަރ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި މެންޗެސްޓަރ ޔުނައިޓެޑުން ވަނީ އެޓީމުގެ އެޓޭކުތަށް ފުރަތަމަ ހާފަށްވުރެ ވަރުގަދަކޮށްފައެވެ. ނަތީއްޖާއެއްގެ ގޮތުން ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު އެޓީމުގެ އިގިރޭސި ޑިފެންޑަރ ލޫކް ޝޯ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ އެޓީމުގެ އާޖެންޓީނާގެ ޒުވާން ފޯވާޑް އަލެޖަންޑްރޯ ގާނާޗޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ކަސަމީރޯ ޔުނައިޓެޑްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދެނީ

މިރޭގެ މެޗުގައި ޔުނައިޓެޑްގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑް އެވެ. ފަހު ހާފުގެ 86 ވަނަ މިނެޓްގައި ޕޯޗުގަލްގެ މިޑްފީލްޑަރ ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ރަޝްފޯޑް މި ލަނޑުކާމިޔާބުކުރި އިރު، މިއީ ލީގުގައި އޭނާ ކާމިޔާބުކުރި 7 ވަނަ ލަނޑެވެ. އަދި އެންމެ ފަހުން ކުޅުނު 4 މެޗުގައި ރަޝްފޯޑް ސްކޯކޮއްފައިވާއިރު ލީގުގައި އެންމެ ފަހުން ލީގުގައި ވުލްވްސް އާއި ދެކޮޅަށް ކުޅުނު މެޗުގައި އަޚުލާގީ މައްސަލައަކާއި ހުރެ ކޯޗު އެރިކް ޓެން ހާގް އެމެޗުގެ ފުރަތަމަ އެގާރައިން ފުރުސަތު ނުދިނެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު 17 މެޗުން 35 ޕޮއިންޓް ހަމަކޮށް ލީގުގެ ދެވަނާގައިއޮތް މެންޗެސްޓަރ ސިޓީއާއި ދެމެދުގައިވާ ފަރަގު އެޓީމުން ވަނީ އެއް ޕޮއިންޓަށް ކުޑަކޮށްފައެވެ. މިރޭގެ މެޗުން ބަލިވި ބޯންމައުތު 18 މެޗު ކުޅެގެން އެޓީމަށް ލިބިފައިވަނީ 16 ޕޮއިންޓާއި އެކު ލީގުގެ ތާވަލުގެ 15 ވަނަ އެވެ.

ލޫކް ޝޯ ޔުނައިޓެޑްގެ ދެވަނަ ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

ޕްރެމިއާ ލީގުގައި މިރޭ ކުޅެވުނު އިތުރު މެޗުތަކުގެ ނަތީއްޖާތަކަށް ބަލާއިރު، ފުލަމް އާއި ލެސްޓާ ސިޓީ ވާދަކުރިމެޗު 1-0 ން ކާމިޔާބުކުރީ ފުލަމް އެވެ. މި މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނި ސާބިއާގެ ފޯވާޑް އަލެކްސަންޑާ މިޓްރޮވިޗް އެވެ. މީގެ އިތުރުން އެވަޓަން އާއި ބްރައިޓްން ވާދަކުރި މެޗު 4-1 ން ކާމިޔާބުކުރީ ބްރައިޓަން އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.