މެމްބަރު ޝަރީފް މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
04 Jan 2023 | 12:12
އިދިކޮޅު މުވައްޒަފުން ގޮވައިގެން ވެރިކަން ކުރަން އެނގުނީ ހަމައެކަނި ރައީސް ޞާލިހަށް: ޝަރީފް

އިދިކޮޅު މުވައްޒަފުން މަގާމުތަކުގައި ބައިތިއްބައިގެން ވެރިކަން ކުރައްވަންވީ ގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެނިވަޑައިގަންނަވާ ކަމަށް މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަފީރު(ކެލާ އިބުރޭ) ވިދާޅުވެއްޖެއެވެ. 

ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯދާދިނުމަށް ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނަށް ވޯޓުދެއްވަން ޖެހޭކަން ބަޔާންކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. 

ޝަރީފް ވިދާޅުވީ ރައީސް ސޯލިހަކީ ގުޅިގެން މަސައްކަތް ކުރައްވަން އެނގިވަޑައިގަންނަވާ ބޭފުޅެއްކަމަށެވެ. ސިޔާސީ ފިކުރަކަށް ބެއްލެވުމެއްނެތި އެމަނިކުފާނާއި ދެކޮޅު މުވައްޒަފުންނަށްވެސް އެކި ވަޒީފާތައް ދެއްވާފައިވާއިރު އެންމެންނާއި ގުޅިގެން ވެރިކަން ކުރަންވީ ގޮތް އެނގިވަޑައިގަންނަވާކަމަށް ޝަރީފް ވިދާޅުވިއެވެ. 

އޭގެ އިތުުރުން ކޯލިޝަން ދަމަހައްޓަން އެނގިވަޑައިގެންނެވި ހަމައެކަނި ލީޑަރަކީވެސް ރައީސް ސޯލަހުކަމަށް ޝަރީފް ވިދާޅުވިއެވެ. 

"ރާއްޖޭގެ ތަަރީޙުގައި މުޅިރައްޔިތުން ބައިވެރި ކޮށްގެން ކޯލިޝަނަކާއެކު، ވެރިކަން ކޮށްދެއްވި ހަމައެކަނި ރައީސް އަކީ ރައީސް ސޯލިހު. އިދިކޮޅު ސިޔާސީވެެރިންނާ، ހިޔާލުތަފާތު އެކުވެރިންނާއި، އިދިކޮޅު މުވައްޒަފުން މަގާމް ތަކުގަ ބައިތިއްބައިގެން ވެރިކަން ކުރަން އެގުނު ވެރިޔަކީވެސް ރައީސް ސޯލިހު"

ކެލާ ދާއިރާގެ މެމްބަރު ޝަރީފް 

މި މަހުގެ 28 ވަނަ ދުވަހު އެމްޑީޕީގެ ޕްރައިމަރީ ބާއްވާއިރު، މި އިންތިޚާބުގައި އެމްޑީޕީގެ ދެ ރައީސުން ވާދަކުރައްވާނެއެވެ. 

ފޯރި ގަދަ ކެމްޕޭނެއް ކުރިއަށް ދާއިރު، މި އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރައްވާނެކަމަށް ރައީސް ސޯލިހުވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ތަރައްގީ ރައްޔިތުން ގަބޫލުކުރާކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.
14 Sep 2026
ސަފީރު ޝަބީނާ, އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސާބިއާ" ގައެވެ.
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން