މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް: ފޮޓޯ/ މަޖިލިސް
ހަބަރު
04 Jan 2023 | 14:53
ޝިޔާމް އަމީރަށް: އިގްތިޞާދު އިއާދަ ވީއިރު ޑޮލަރު ތާށިވެގެން މިއުޅެނީ ކީއްވެޔޯ؟

ރާއްޖޭގެ އިޤުތިޞާދު ކޮވިޑް-19ގެ ކުރިން ހުރި މިންވަރަށް ރުޖޫއަވެފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާއިރު،  ޑޮލަރުގެ ތާށިކަން ކުރިމަތިވާ ސަބަބަކީ ކޮބައިތޯ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު އަމީރާއި ސުވާލުކުރައްވައިފިއެވެ. 

ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ތެރެއިން އޭލެވެލްއަށްވުރެ ދަށް މަރުހަލާތަކުގައި ކިޔަވާ ކުދިންނަށް ޑޮލަރު ދޫކުރުން ބީއެމްއެލް އިން ހުއްޓައިލުމާ ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ އެއީ ރާއަޖެއިން ބޭރުގައި ދިރިއުޅޭ އެތައް ސަތޭކަ ދަރިވަރަކަށް ދެވޭ އަނިޔާއެއް ކަމަށް ވިދާޅުވެފައެވެ. 

"މިތަން ފެންނާތީ އެމް.އެމް.އޭ އަދި ބީ.އެމް.އެލް އަށް ގޮސް މިވާހަކަދެއްކިން. ގަވަރުނަރުވެސް މިހާރު ހީވަނީ ނަރަކަށް ބާރުކޮށްލާފަހުރިހެން. ކަންއޮތްގޮތް ހާމަކުރައްވަން ޖެހިލުންވެ ވަޑައިގެން ހުންނެވީ." ޝިޔާމް ވިދާޅުވި އެވެ. 

މީގެ އިތުރުން ޝިޔާމް ވަނީ، ރާއްޖޭގެ އިޤްތިޞާދު މިހާރުހުރީ 2019 ގައި ހުރި ވަރަށްކަމަށް ސަރުކާރުން ބުނާއިރު ޑޮލަރު މިހާ ތާށިވެގެން މިއުޅެނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. 

"ފައިސާ ޗާޕުކޮށް ދައުރުކުރީމާ ހުރިހާބުރައެއް މިވީ ރައްޔިތުންގެ ޖީބަށް. ނުވިތާކަށް ބޮޑުކުރި ޖީއެސްޓީ އާއެކު ދިރިއުޅުމުގެ އަގު އެތައްގުނައެއް އުފުލިއްޖެ. އޯގާތެރި ސަރުކާރު؟؟" ޝިޔާމް ސުވާލު ކުރެއްވި އެވެ. 

ކޮވިޑު-19 ގެ ކުރިން ޑެބިޓު ކާޑު މެދުވެރިކޮށް ބޭނުންވަރަކަށް ޑޮލަރުގެ މުއާމަލާތް ރާއްޖެއިން ބޭރުގައި ކުރެވުނު ނަމަވެސް ކޮވިޑު-19 އާއި ގުޅިގެން ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަކަށް ޑޮލަރުން މުއާމަލާތް ކުރެވޭ މިންވަރު ވަނީ މަދުކޮށްފައެވެ. އެހެން ނަމަވެސް ރާއްޖެއިން ބޭރުގައި އުޅޭ ކިޔަވާ ކުދިންނަށް ވަކި ވަަރަކަށް ޑޮލަރު މިހާތަނަށް އައީ ދޫކުރަމުންނެވެ. އަދި ކޮލެޖު/ސްކޫލް ފީ އަށް ވާ އަދަދު އެއްކޮށް ޑޮލަރުން ދެއްކެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.