އީވާ އަބްދުالله----ފޮޓޯ: މަޖިލިސް
ހަބަރު
04 Jan 2023 | 18:35
މީގެ 5 އަހަރު ކުރިން: ރައީސް، ރިއެކްޓް ނުކުރައްވައި ހިކުމަތްތެރިކަން އިސްކުރެއްވުމަަށް އީވާގެ ތައުރީފު

އެމްޑީޕީގެ ޕްރައިމަރީ ބޯމަތިވެފައި ވާއިރު، ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުގެ މެންބަރުން އެންމެ އަޑު ހަރުކޮށް ދައްކަވާ، ފާޑުވިދާޅުވާ ވާހަކަ އަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު "ރިއެކްޓް" ނުކުރައްވާ ވާހަކައެވެ. 

އެގޮތުން، ރައީސް ޞާލިހް ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގެންނެވި ވައުދުތަށް ނުފުއްދަވައި އެކަމާއި ގުޅިގެން ވާހަކަ ދެއްކުމުންވެސް ރިއެކްޓް ނުކުރައްވާ ކަމަށާ، ގައުމުގެ ކަންކަން ބޮއްސުންލައިގެން ދާއިރުވެސް ރިއެކްޓް ނުކުރައްވާ ކަމަށް ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުން އަންނަނީ ބުނަމުންނެވެ.  

އެހެންނަމަވެސް، މީގެ ގާތްގަނޑަކަށް 5 އަހަރު ކުރިން، ރައީސް ޞާލިހުގެ ރިޔާސީ ކެންޕެއިން ދުވަސްވަރު، ރައީސް ނަޝީދުގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ އެމަނިކުފާނުގެ ވަރަށް އަރިސް ބޭފުޅެއް ކަމުގައިވާ، މަޖިލީހުގެ ނައިބު ރައީސް އިވާ ވަނީ ރައީސް ރިއެކްޓް ނުކުރައްވައި މަޑުމައިތިރި ކަމާއި ހިކުމަތްތެރިކަން އިސްކުރައްވާތީ އެކަމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. 

އެގޮތުން، އީވާ ވަނީ ރައީސް ޞާލިހު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވި އިރު މަޖިލީހުގެ ތަޅުމުގައި ހިނގައިދިޔަ ހާދިސާއަކުން މިސާލު ނަންގަވައި އެދުވަހުވެސް އެމަނިކުފާނު ކަން ކުރެއްވި ގޮތާއިމެދު ތައުރީފު ކުރައްވާފައެވެ. 

"އަޅުގަނޑުމެން އެންމެން ހަމަ ފުމެނަގަނީ. ޕީޕީއެމް މެންބަރުން ހަޅޭލަވަނީ. އެކަމު އިބޫ ހަމަ އެ އިންނެވި ގޮތަށް އިންނެވީ. އިބޫ ހަމަ އެ އިންނެވި ގޮތަށް އިންނަވައި ވިދާޅުވީ، އަލީ އާރިފު އަރިހުން ކިހިނެއް ހެއްޔޭ މިވަނީ. އެއީ އިބޫ. މުޅިތަން، ވަށައިގެން ކިތަންމެ ހަލަބޮލި ވިޔަސް. މީހުން ކިތަންމެ ވަށައިގެން ހަލަބޮލި ވިޔަސް، އަދި ސިޔާސީ މަޝްރަހު ހަލަބޮލި ވިޔަސްވެސް، ކިތަންމެ ބިރު ވެރި ކަމެއްގެ ތެރޭގައި ވިޔަސް އިބޫ ހަމަ އިންނަވާނީ އެ ކާމް ކަންމަތީގައި." ރައީސް ޞާލިހު ކަންކަމަށް ރިއެކްޓް ނުކުރައްވައި މަޑުމައިތިރި ކަން އިސްކުރައްވާތީ އެކަމަށް ތައުރީފް ކުރައްވައި އީވާ ވިދާޅުވި އެވެ. 

މިއާއެކު އީވާ ވަނީ، ރައީސް ޞާލިހާއި އެކުގައި އޭނާ މަސައްކަތް ކުރައްވާތާ އޭރު ވެސް 10 އަހަރު ވެފައިވާ ކަމަށާ، މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އެންމެ ފުރަތަަމަ އީވާ އިންތިހާބު ވީއިރުވެސް ރައީސް ޞާލިހް ހުންނެވީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ގެ ގޮތުގައި ކަމަށެވެ. އަދި އޭގެ ފަހުން، ގުޅިފައިވާ ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ ގޮތުގައިވެސް އެމަނިކުފާނު ހުންނެވި ކަމަށާ، އޭރުވެސް، ސިޔާސީ މަޝްރަހު ހަލަބޮލި ވެގެން ގޮސް، އެމްޑީޕީގެ ވެރިކަމެއް ވެއްޓި، އެ ނޫންވެސް އެތައް ބިރުވެރި ކަމަކާއި ކުރިމަތިލާން ޖެހުނު ކަމަށާ، އޭރުވެސް އެމަނިކުފާނު އިސްކުރެއްވީ ވިސްނުން ކަމަށް އީވާ ވިދާޅުވި އެވެ. 

"މި 10 އަހަރު ތެރޭގައި އަޅުގަނޑަށް ފެނުނު ތަނުގައި، ވިސްނުންތެރި ކަމާއި އެކުގައި ނޫނީ އިބޫ އެއްވެސް ނިންމުމެއް ނުވެއް ނިންމަވާނެ. އަދި އެއްޗެއްވެސް ވިދާޅުނުވާނެ. ވަގުތު ނަންގަވާނެ ވިސްނާލަން. ވަގުތު ނަންނަވާނެ އެއްޗެއް ވިދާޅުވުމުގެ ކުރިން، ކަމެއް ނިންމެވުމުގެ ކުރިން. ވިސްނުން ނޫން އެހެން އެއްޗެއް އިސްކުރައްވާ ތަނެއް އަޅުގަނޑަކަށް ނުފެނޭ." އީވާ ވިދާޅުވިއެވެ. 

އަދި މީގެ އިތުރުން، އެމްޑީޕީ އެންމެ މާޔޫސްވި ދުވަހުވެސް ރައީސް ޞާލިހް ހުންނެވީ އުއްމީދު ކަނޑައި ނުލައްވާ ކަމަށާ، އެވަގުތުވެސް އެންމެންގެ އުއްމީދު އައު ކޮށްދެއްވުމުގައި ހުންނެވީ އެމަނިކުފާނު ކަމަށް އީވާ ވިދާޅުވި އެވެ. 

އީވާ ވިދާޅުވީ އެ 10 އަހަރު ތެރޭގައި ރައީސް ޞާލިހު އަކީ ކާކުކަން ދަސްވެ، އެމަނިކުފާނަށް އިތުބާރު ކުރައްވަން ދަސްވެފައިވާ ކަމަށާ، އަދި އެމަނިކުފާނަކީ އެންމެނާއި ގުޅިގެން ރަނގަޅު ނިންމެވުން ތަކެއް ނިންމަވާނެ ބޭފުޅެއްކަން ޔާގީން ވެފައިވާކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.