ރައީސް ސޯލިހުގެ ކެމްޕޭނު ޖަލްސާގައި ޑިފެންސް މިނިސްޓަރު މާރިޔާ ވާހަކަދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ހަބަރު
05 Jan 2023 | 07:33
މާރިޔާ ރައީސް ނަޝީދަށް: ތާއީދުކުރާ މެމްބަރަކު ދަފްތަރުގައި ނެތިއްޔާ ވާދަކުރައްވަނީ ކީއްކުރަންތޯ؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ދަފްތަރުގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅަކު ހުރިކަމަށް ގަބޫލުފުޅު ނުކުރައްވާއިރު އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި ވާދަކުރައްވަނީ ކީއްކުރަންތޯ އައްސަވާ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ރައީސް ނަޝީދާއި ސުވާލުކުރައްވައިފި އެވެ. 

މާރިޔާ މިފަދައިން ސުވާލު އުފައްދަވާފައި ވަނީ ރައީސް ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު އެމްޑީޕީގެ ދަފްތަރުން އުނިކޮށްފައިވާކަމަށް ނަޝީދުގެ ކެމްޕޭނު ޓީމުން ކުރަމުންދާ ތުހުމަތުތަކަށް ރައްދުދެއްވާ އެމްޑީޕީގެ މައި ހަރުގޭގައި ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

މާރިޔާ ވިދާޅުވީ ނަޝީދަށް ތާއީދުކުރައްވާ 39000 މެމްބަރުން ޕާޓީއިން ކަނޑާލާފައިވާކަމަށް އެމަނިކުފާނު ވިދާޅުވަމުންދާކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ ދަފްތަރުގައި ތިބީ ހަމައެކަނި ރައީސް ސޯލީހަށް ތާއީދުކުރައްވާ މެމްބަރުންކަން ގަބޫލުފުޅުކުރަން ދަތިފުޅުވާކަމަށް މާރިޔާ ވިދާޅުވިއެވެ. 

އަދި ކަން އޮތީ އެހެން ކަމަށް ވާނަމަ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހާއި ވާދަކުރައްވަން ނަޝީދު ނިކުމެވަޑައިގަތް ސަބަބަކީ ކޮބައިތޯ މާރިޔާ ވަނީ އައްސަވާފައެވެ. 

"މިފަހަރު މި ވޯޓުލާ އެންމެންނަކީ އެމަނިކުފާނަށް ތާއީދުކުރާ މީހުންކަމަށް ވަންޏާ، ދެން ކީއްވެބާއޭ އެ (ނަޝީދު) ނިކުމެވަޑައިގެން އެ ހުންނެވީ މި ޕްރައިމަރީގައި ވެވަޑައިގަންނަވަން؟"

ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ 

މަރިޔާ ވިދާޅުވީ އެމްޑީޕީއަކީ ފަހަރެއްގައިވެސް ވަކި މީހެއްގެ ވަށާ އެނބުރޭނެ ޕާޓީއެއް ނޫން ކަމަށެވެ. އެމްޑީޕީ ވުޖޫދަށް އައީ 30 އަހަރު ވަންދެން އެކެއްގެ ވަށާ އެނބުރެމުން ދިޔަ ދިއުން ހުއްޓުވުމަށްކަމަށް އޭނާ ވިދާޅުވިއެވެ. 

ރައީސް ސޯލިހު ނިކުމެވަޑައިގެން ހުންނެވީ މުޅި ރާއްޖެ ތަރައްގީކުރަން ކަމަށާއި، އެމަނިކުފާނުގެ އެ މަސައްކަތުގައި އުފަލާއެކު ބައިވެރިވެ ވަޑައިގަންނަވާނެކަމަށް މާރިޔާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.