ރައީސް ސޯލިހު ހަރުގެ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ހަބަރު
05 Jan 2023 | 07:57
އިންތިޚާބު ކާމިޔާބު ކުރާނެ ފޯމިއުލާ އަޅުގަނޑަށް އެނގޭ: ރައީސް ސޯލިހު

އިންތިޚާބުތައް ކާމިޔާބުކުރާނެ ގޮތުގެ ފޯމިއުލާ އެނގިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީ ހަރުގޭގައި ބެއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. 

ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިކުމެވަޑައިގެން ހުންނެވީ އެމްޑީޕީއާއެކު ކުރިއަށް ދިއުމަށް ކަމަށެވެ. 

އިންތިޚާބުތައް ކާމިޔާބު ކުރައްވާނެ ފޯމިއުލާއާއި ރައްޔިތުންގެ ވޯޓު ހޯއްދަވާނެ ފޯމިއުލާވެސް އެމަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި އެމަނިކުފާނަކީ މީގެ ކުރިން 6 އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ ބޭފުޅެއްކަންވެސް ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑު ނިކުމެ މި ހުރީ ތަޖުރިބާތަކަކާއެކު. ރައްޔިތުން ކުރިމައްޗަށް ނިކުމެ 6 އިންތިޚާބު އަޅުގަނޑު ކާމިޔާބުކޮށްފިން. ރައްޔިތުންގެ މަޖިލީހުގެ 5 އިންތިޚާބު ކާމިޔާބުކޮށްފިން. ރިޔާސީ 1 އިންތިޚާބު ކާމިޔާބުކޮށްފިން. އިންތިޚާބު ކާމިޔާބު ކުރާނެ ފޯމިއުލާ، ރައްޔިތުންގެ ވޯޓު ހޯދާނެ ގޮތް އަޅުގަނޑަށް ވަރަށް ސާފު"

ރައީސް ސޯލިހު 

ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ގޮތްތަކާއި ދޭތެރޭގައި މެމްބަރުން ވަރަށް ފުންކޮށް ވިސްނަން ޖެހޭކަމަށެވެ. 

މިހާތަނަށް ރިޔާސީ އިންތިޚާބުތައް ކާމިޔާބުވެފައި އޮތީ ކޯލިޝަންއެއްގެ ތެރެއިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވީ އެ އިންތިޚާބުގައި ވާދަކުރެއްވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަހަތްޕުޅަށް އަރާނެ ސިޔާސީ ބައިވެރިޔަކު ނުވުމުންކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

އެކަންކަމަށް ވިސްނާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަނެއް ހެދޭނީ ކޮން ބޭފުޅަކާއި އެކުގައިތޯ މެމްބަރުން ވިސްނަވަން ޖެހޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ސީދާކޮށް ކޯލިޝަންއެއް ހެދޭނީ ރައިސް ސޯލިހަށްކަމަށް ވިދާޅު ނުވިނަމަވެސް، އެމަނިކުފާނަކީ ކޯލިޝަން ދަމަހައްޓާފައިވާ ހަމައެކަނި ލީޑަރެވެ. 

އެހެންކަމުން އެމްޑީޕީއަށް ވެރިކަން ހޯދޭނެ ފޯމިއުލާއެއްކަމަށް ރައީސް ސޯލިހު ގަބޫލުކުރައްވަނީ އަނެއްކާވެސް ކޯލިޝަންއެއް ހެދުންކަމަށް ބެލެވެއެވެ. އަދި މިހާރު އެމްޑީޕީގެ ޕްރައިމަރީއަށް ވާދަކުރައްވާ ދެ ލީޑަރުންނަށް ބަލާއިރު، ނަޝީދާއި އެއްކޮށް ކޯލިޝަނެއް ހަދާނެ ސިޔާސީ ޕާޓީއެއް ނެތްކަން އެމަނިކުފާނު ވަނީ ނުސީދާކޮށް ފާހަގަކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ