ރައީސް ސޯލިހު ހަރުގޭގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
05 Jan 2023 | 08:07
"ޕާޓީ ތެރެއިން ސަރުކާރު ބަދުނާމު ކުރުން، މިހާރުން މިހާރަށް ހުއްޓާލާ"

ސަރުކާރު ބަދުނާމުކޮށް އެމްޑީޕީގެ ތެރޭގައި ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. 

މިރޭ އެމްޑީޕީގެ މައި ހަރުގޭގައި އޮތް ރައީސް ސޯލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހުން ފެށިގެން ސަރުކާރު ބަދުނާމުކުރުމަށް ޕާޓީތެރެއިން މަދު ބަޔަކު މަސައްކަތް ކުރަމުންދާކަމަށެވެ. 

އެމީހުން މަސައްކަތް ކުރަމުންދަނީ ސަރުކާރު ބަދުނާމުކޮށް ޕާޓީ ތެރޭގައި ފިތުނަ އުފެއްދުމަށްކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

އެކަންކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވަނީ އެފަދައިން ސަރުކާރު ބަދުނާމު ކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ އެ ފަރާތްތަކަށް އިންޒާރު ދެއްވާފައެވެ. 

"ސަރުކާރު ފެށުމާއެކުގައި ކޮންމެ ދުވަހަކު ކޮންމެ ދުވަހަކު ސަރުކާރަށް ދަތިކުރުމާއި އުނދަގޫ ކުރުމާއި ރައްޔިތުންގެ ކުރިމަތީގައި އަޅުގަނޑުމެންނާއި ދޭތެރޭގައި ނަފްރަތު އުފެއްދުމަށްޓަކައި ޕާޓީ ތެރެއިން މަދު ބަޔަކު ނަމަވެސް އެކަން ކުރަމުން އައި. މިއީ ހަގީގަތް. މިއަދު އަޅުގަނޑު އެބޭފުޅުންނަށް ދަންނަވާނީ ތިކަން ހުއްޓާލައްވާށޭ"

ރައީސް ސޯލިހު

ޕާޓީގެ ތެރެއިން ފިތުނަ އުފައްދަން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލައްވަމުން ރައީސް ސޯލިހުވަނީ ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ. އަދި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

އެމަނިކުފާނު ވިދާޅު ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގެ ފާއިތުވި ހަތަރު އަހަރަކީ އިދިކޮޅު ފަރާތްތަކާއި ޕާޓީގެ ތެރެއިންވެސް އެކި ވަރުގެ ފިއްތުންތައް ކުރިމަތިކުރުވި 4 އަހަރެވެ. އެހެން ނަމަވެސް އެ ފިއްތުންތަކުގެ ތެރެއިންވެސް މި ސަރުކާރަށް ހޯދިފައިވާ ކާމިޔާބީތަކާއި ދޭތެރޭ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
އިއްބެ
‏‎އެމްޑީޕީ އަށް ވަރަށް ސަލާން. ދެ ރައީސުން ދެބޯގެރި ދުއްވަނީ. ކޮންމެ މީހަކަށް ވެރިކަން ލިބުނަސް އަސްލު އޯކޭ. ގެއްލުން ވަނީ ރައްޔިތު މީހާއަށް
07 Jan 2023
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ