ރައީސް ސޯލިހު އެމްޑީޕީ ހަރުގޭގައި ވާހަކަދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ހަބަރު
04 Jan 2023 | 23:20
އަޅުގަނޑެއް އެއްވެސް މީހެއްގެ އަޅަކަށް ނުވާނަން: ރައީސް ސޯލިހު

އެއްވެސް މީހެއްގެ އަޅަކަށް ވެވަޑައިނުގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީޕީގެ ރިޔަސީ ޕްރައިމަރީގައި އެމަނިކުފާނުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ރައީސް ސޯލިހު ވަނީ އެމަނިކުފާނު 2018 ގެ ރިޔާސީ އިންތިޚާބުގައި ކުރި ތަޖުރިބާ ހިއްސާކުރައްވާފައެވެ. އެގޮތުން އެ އިންތިޚާބަށް އެމަނިކުފާނު ކުރިމަތިލެއްވި ދުވަހުން ފެށިގެން ހިއްޕަވައިގެން ހުންނެވި ނަސޭހަތެއްގެ ވާހަކަ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވަނީ ހިއްސާކުރައްވާފައެވެ. 

އެމަނިކުފާނު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި އެމަނިކުފާނު ކުރިމަތިލުމާއެކު ރައްޓެއްސަކު ބުނި ވާހަކައެއް އަބަދުވެސް ހަނދާނުގައި ބަހައްޓަވާކަމަށެވެ. 

އެމަނިކުފާނުގެ މަގްސަދަކީ އެމްޑީޕީ ކުރިއަށް ގެންދިއުންކަމަށާއި، އަދި އެ މަސައްކަތް ކުރެއްވުމުގައި އެއްވެސް މީހެއްގެ އަޅަކަށް ވެވަޑައި ނުގަންނަވާނެކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

"އަޅުގަނޑެއް އެއްވެސް މީހެއްގެ އަޅަކަށް ނުވާނަން"

ރައީސް ސޯލިހު 

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަކީ އެންމެންގެ އަޑު އައްސަވާ ބޭފުޅެއްކަމަށެވެ. އަދި ކަންކަން މަޝްވަރާ ކުރެއްވުމަށް ލޯބިކުރައްވާ ބޭފުޅެއްކަމަށެވެ. 

އެހެން ނަމަވެސް އެމަނިކުފާނުގެ ނިންމުންތައް ނިންމަވަނީ އެންމެންގެ އަޑު އެއްސެވުމަށްފަހު ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށްކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ވަކި ބޭފުޅަކު ހިތްހަމަ ޖެއްސުމަށް ރައްޔިތުންގެ މަސްލަހަތު ނަގާނުލައްވާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ. 

އެއްވެސް ބޭފުޅެއްގެ އަޅަކަށް ވެވަޑައި ނުގަންނަވާނެކަމަށް ރައީސް ސޯލިހު މިރޭ ވިދާޅުވެފައިވަނީ، އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެތް ހިސާބުން ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެކަހެރި ކުރައްވާފައިވާކަމަށް ނަޝީދުގެ ވަފާދާރުން ވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ. 

ޚުދު ނަޝީދުވެސް ވަނީ ރައީސް ސޯލިހަށް ކަންކަމުގައި އަރުވާ ލަފަޔާއި އެއްގޮތަށް އަމަލު ނުކުރައްވާކަމަށް ވިދާޅުވެ ރައީސް ސޯލިހާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ