މީކާއިލް ރައީސް ސޯލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ހަބަރު
05 Jan 2023 | 08:01
އެކުގައި ނުތިބެވޭ ވަރަށް ފާޑުކިޔުމަކީ ހައްދުން ނެއްޓުން: މީކާއިލް

އެމްޑީޕީގެ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ވާދަކުރައްވަން ނިކުމެބަޑައިގެން ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އޭނާގެ ވަފާތެރިން ރައީސް ސޯލިހަށް ފާޑުކިޔުމުގައި ހައްދުފަހަނަ އަޅާފައިވާ ކަމަށް މި އިންތިޚާބުގައި ރައީސް ސޯލިހަށް ތާއީދުކުރައްވާ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމު ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ 2019 ވަނަ އަހަރުގައި އޮތް މަޖިލީސް އިންތިޚާބަށް އެމްޑީޕީގެ ފަރާތުން މެމްބަރުން ކުރިމަތިލީ ސަރުކާރުގެ ކެންޑިޑޭޓެއްކަމަށް ބުނަމުންކަމަށެވެ. އަދި ސަރުކާރަށް ވާގިވެރިވާނެކަމުގެ ވައުދާއި އެކުކަމަށެވެ. 

އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި ވާދަވެރި އޮޕޮސިޝަނެއް ނެތުމާއެކު، ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތަކީވެސް އެމްޑީޕީއިން ކުރަން ޖެހޭކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުމަށް އެމްޑީޕީގެ މެމްބަރުން ވަކާލާތު ކުރުމަކީ މައްސަލައެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. 

އެހެން ވެދާޅުވެ މީކާއިލް ދެން ވިދާޅުވީ ފާޑުކިޔަސް އެކަން ކުރަންވާނީ ވަކި ހައްދެއްގެ ތެރެއިންކަމަށެވެ. އެކުގައި މަސައްކަތް ނުކުރެވޭވަރަށް ފާޑުކިޔުންތައް އަމާޒުކުރާނަމަ އެއީ ހައްދުން ނެއްޓުންކަމަށް މީކާއިލް ވިދާޅުވިއެވެ. 

"ސަރުކާރު ކެންޑިޑޭޓެއް ނަމަ ސަރުކާރަށް ވާގިވެރިވާން ޖެހޭނެ. އަދި ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި ހޮވެފައި ހުރި މެމްބަރެއް ނަމަ ސަރުކާރަށް ފާރަވެރިވެސް ވާން ޖެހޭނެ. ފާރަވެރިވުމާއި ފާޑުކިޔުމުގެ ޖާގަ މި ޕާޓީގައި އިންތިހާއަށް، ތަންމިނަށް އެބޮތް. އެހެން ނަމަވެސް ފާޑު ކީ ކީނުން އަޅުގަނޑުމެންނަށް އެކީގައި ނުތިބޭނޭ މިންވަރަށް، ފާޑު ކީ ކީނުން މި ޕާޓީގައި އަޅުގަނޑުމެންގެ މެމްބަރުން އަޅުގަނޑުމެން އަމިއްލަޔަށް ލިޔެފައިވާ އުސޫލުތައް މުގުރާ ހިސާބަށް ދިޔައިމާ އެއީ އަޅުގަނޑު ގަބޫލުކުރާ ފާޑުކިޔުމުގެ ހައްދެއް ނޫން"

މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަންކަމުގައި ރިއެކްޓު ނުކުރައްވާކަމަށް އެމަނިކުފާނާއި އިދިކޮޅު ކެންޑިޑޭޓް މުހައްމަދު ނަޝީދާއި އޭނާއަށް ތާއީދުކުރައްވާ މެމްބަރުން މިހާރު ދައްކަވަމުންދާ ވާހަކަތަކަށްވެސް މީކާއިލް ވަނީ ރައްދުދެއްވާފަ އެވެ. 

އެގޮތުން އޭނާ ވިދާޅުވީ ރައީސް ސޯލިހު ކަންކަމުގައި ރިއެކްޓު ނުކުރައްވާ ހިކުމަތްތެރިކަން އިސްކުރުމަކީ މިހާތަނަށް އެމްޑީޕީގެ މެމްބަރުން އެމަނިކުފާނުގެ ކިބައިގައި ހުރި ރަނގަޅު ސިފައެއްގެ ގޮތުގައި ފާހަގަކުރަމުން އައި ކަމެއްކަމަށެވެ. 

އެމަނިކުފާނު ކަންކަމުގައި ރިއެކްޓު ނުކުރައްވާކަން ފާހަގަކުރައްވާ މިއަދު އެމަނިކުފާނަށް މަލާމާތް ކުރަމުންދާ ފަރާތްތައްވެސް މީގެ ކުރިން އެ ސިފަތަކަށް ތައުރީފު ކުރައްވާފައިވާ ފަރާތްތަކެއްކަމަށް މީކާއިލް ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ސަޢީދު
މީކާއީލު ކޮއްމެއެއްޗެބުނިޔަސްކެމްޕެއިނައްނިކުތީ ނަށީދު ގެ ފޮޓޯ ހިފައިގެން ތިޔަބުނާ އެމް.ޑީ.ޕީ ގެ ކޮއްމެމެމްބަރަކުވެސްއުޅުނީނަށީދުގެފޮޓޯވިއްކައިގެންމީގެކުރިން މީހުންކިޔާރީކޯމޫސަވެސްތިޔަފާޑުގެއަނގައަރުވަމުންދުތިދޮންފަތްބަދެގެން
05 Jan 2023
ޢަލީބެ
ޢެމްަޑީޕީ އަށް ބޭރުންވަދެތިބި ހުރިހާ ފަނިފަކުސަ މާމާލެމަން ޖަހައިގެން ދޮންނަންޖެހޭ.
05 Jan 2023
އިއްބެ
ރައްޔިތުން ބިކަ ކޮށް ގުނބޯ ހައްދައި ދެރައީސުން ކުޅޭ ދެބޯގެރި ކުޅިވަރު މިހާރުން މިހާރަށް ހުއްޓާލާ
07 Jan 2023
ގުޅޭ ލިޔުންތައް
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.