އަމީނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން/ ފޮޓޯ: އާރުޑީސީ
ހަބަރު
05 Jan 2023 | 08:59
އަމީނީމަގު ސެގްމެންޓް 2ގެ ތާރުއެޅުން ފިޔަވައި، މަސައްކަތުގެ %95 ނިމިއްޖެ: އާރްޑީސީ

އަމީނީމަގު ސެގްމެންޓް 2ގެ ތާރުއެޅުން ފިޔަވައި، މަސައްކަތުގެ 95 އިންސައްތަ ނިމިއްޖެ ކަމަށް ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ބުނެފިއެވެ.

އަމީނީމަގު ހެދުމުގެ މަސައްކަތުގެ އަޕްޑޭޓް ދެމުން އާރްޑީސީން ކުރި ޓުވީޓެއްގައި ބުނީ، އަމީނީމަގު ސެގްމެންޓް 3ގެ ފެނާއި ނަރުދަމާ އަޕްގްރޭޑް ކުރުމާއި ކޭބަލްޓްރޭ އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަކަށް ހެދުމަށް ފެށި މަޝްރުއުގެ ތެރެއިން، ދެވަނަ ސެގްމަންޓުގެ މަސައްކަތް ފަށާފައި ވަނީ މިިދިޔަ މަހުގެ ތިންވަނަ ދުވަހުއެވެ.

އަމީނީގެ މަގުގެ ދެވަނަ ސެގްމަންޓުގެ މަސައްކަތް ފަށާފައިވަނީ އެމްޑަބްލިއުއެސްސީގެ ހޮޅިތައް އަޕްގްރޭޑް ކުރުމަށް ބޭނުންވާ އާލާތްތައް ލިބުން ލަސްވުމާއި ގުޅިގެން އެ މަސައްކަތް މަޑު ޖައްސާލާފައި އޮތުމަށްފަހުގައެވެ. 

ދެވަނަ ސެގްމަންޓުގައި ކުރަން ކަނޑައެޅި މަސައްކަތްތައް

- 1.79 ކިލޯމީޓަރު (މުޅި މަގު)ގައި ތާރު އެޅުން

- މަގުގެ ދުވާރު ހެދިގެން ދާނެ (ހިތްފަސޭހަ، ހިތްގައިމުވާނެ).

- ލޯފަން ބޭފުޅުންނަށް ހާއްސަ ބްރައިލް ބްލޮކް ބެހެއްޓުން

- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް (ފުރޮޅުލީގޮނޑި)ބޭނުން ކުރާ ފަރާތްތަކަށް ހާއްސަކޮށް ފަސޭހައިން އުޅެވޭނެ

- މަގުގެ ފެހިކަން ނުގެއްލޭނެ.

- ބަސްހުއްޓި، ޕާކިންގ ޒޯން، ބަމްޕަރުތަކާއި މަގުބައްތި އަދި މަގުމަތީގައި ނިޝާންތައް ބެހެއްޓުން

- ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ގެނައުމަށް ޕަމްޕް ބެހެއްޓުން

އަމީނީ މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އިން މީގެ ކުރިން ބުނެފައި ވަނީ، ދެވަނަ ސެގްމަންޓުގައި މަގު ހަދާނީ ކަލާފާނު ސުކޫލުގެ ގޭޓާއި ހަމަޔަށް ކަމަށެވެ. 

އަމީނީ މަގު ޒަމާނީ ފެންވަރަކަށް ހެދުމަށް ޕްލޭނިން މިނިސްޓްރީއިން އާރުޑީސީއާއި ހަވާލުކޮށްފައި ވަނީ 84 މިލިއަން ރުފިޔާއަށެވެ. އެއާއެކު އާރުޑީސީއިން އަމީނީ މަގު ހެދުމުގެ މަސައްކަތް 210 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަން ޖެހޭނެއެވެ. 

ޒަމާނީ ފެންވަރަށް އަމީނީ މަގު ހަދާ ނިމޭއިރު، އެ މަގަކީ މާލޭގެ ބޮޑެތި މަގުތަކުގެ ތެރެއިން ވަރަށް ހިތްގައިމު މަގަކަށް ވެގެންދާނެކަމަށް އާރުޑީސީއިން ވަނީ ބުނެފައެވެ. އަދި މަގު ހަލާކުވުމުގެ ސަބަބުން މަގު ބޭނުން ކުރާ ފަަރާތްތަކަށް އުފުލަން ޖެހުނު ތަކުލީފު އެހިސާބުން އެއްކޮށް ފިލައިގެން ދާނެކަމަށްވެސް އާރުޑީސީއިން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.