ރައީސް ސޯލިހުގެ ކެމްޕޭނު ޖަލްސާގައި ރޮޒޭނާ ވާހަކަދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ހަބަރު
05 Jan 2023 | 10:32
ސަރުކާރުން ކަމެއްކޮށް ނުދެޔޭ ވިދާޅުވިއިރު ރައީސް ނަޝީދު ހުރީ ސަރުކާރުން އެޅި ތާރުގަނޑު މަތީ: ރޮޒޭނާ

ފުވައްމުލަކު ސިޓީގައި އެކަށީގެންވާ ތަރައްގީގެ މަޝްރޫއުތައް ހިންގިފައި ނުވާކަމަށް އެރަށަށް ކެމްޕޭނު ދަތުރުފުޅެއްގައި ވަޑައިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ރައްދުދެއްވައިފި އެވެ. 

ބުދަ ބުހަވުގެ ގޭ އެމްޑީޕީ މައި ހަރުގޭގައި ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރޮޒޭނާ ވިދާޅުވީ ކިތަންމެ ވަރަކަށް މި ސަރުކާރުން ތަރައްގީގެ މަސައްކަތް ކުރައްވަމުން ދިޔަ ނަމަވެސް އެކަން ނުފެންނަ މީހުން ތިބިކަމަށެވެ. 

އެގޮތުން މި ސަރުކާރުން ކަމެއް ކޮށް ނުދެއޭ، ނުވަތަ ރައީސް ސޯލިހު ރަށްތައް ތަރައްގީކޮށް ނުދެއްވައޭ ވިދާޅުވެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވިއިރު އެމަނިކުފާނު ހުންނެވީ މި ސަރުކާރުން ފުވައްމުލަކުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް އަޅާމުންދާ ތާރު މަގުގައިކަމަށް ރޮޒޭނާ ވިދާޅުވިއެވެ. 

"ރައީސް ނަޝީދުގެ ކެމްޕޭނުގައި ފުވައްމުލަކަށް ވަޑައިގެން މަގުހަދާ ތާރުގަނޑު މަތީ ހުންނަވައިގެން މި ވިދާޅުވަނީ ފުވައްމުލައް ތަރައްގީއެއް ނުވެޔޭ. ދެން ކީކޭތޯ ދަންނަވާނީ؟ ދެން އެވަރަށް ނުފެނުނީމާ ދެން ނުފެންނާނެ. 

މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް 

ރޮޒޭނާ ވިދާޅުވީ މި ސަރުކާރުން ކަންކަން ކޮށްނުދޭކަމަށް ރައްޔިތުންނަށް ވިސްނައިދިނުމަށް ޕާޓީގެ ތެރެއިން ރައީސް ސޯލިހާއި ވާދަކުރައްވާ ފަރާތްތައް މަސައްކަތް ކުރި ނަމަވެސް ހަގީގަތް އޮޅުވާ ނުލެވޭނެ ކަމަށެވެ. 

އެގޮތުން އެމަނިކުފާނު ގެންދަނީ ކުޑަ ރަށެއް ބޮޑު ރަށެއް ބެއްލެވުމެއް ނެތި ރަށްތައް ތަރައްގީކޮށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުއްދަވާދެއްވަމުން ކަމަށް ރޮޒޭނާ ވިދާޅުވިއެވެ. 

އޭގެ އިތުރުން ރޮޒޭނާ ވިދާޅުވީ މިއަދު ހިތްހަމަ ޖައްސާލަން އަތުގައި ހިފާލައިގެން ބަނދަރަށްދާ ދެމަފިރިން، އަމިއްލަ ރަށުގައި ތިބެގެން ފަޚުރުވެރި ކަމާއެކު ދިރިއުޅެވޭނެ މަގުފަހިކޮށްދެއްވާފައި ވާތީ ރައީސް ސޯލިހަށް ޝުކުރު އަދާކުރައްވާކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ