އަބްދުﷲ ޝާހިދު އެމްޑީީގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވަގުތު
ހަބަރު
05 Jan 2023 | 12:11
މުޅި ރާއްޖެއިން އިވެނީ "ރައީސް ސޯލިހު ކުރިއަށް" ގޮވާ އަޑު :ޝާހިދު

ރާއްޖޭގެ އިތުރާއި ދެކުނާއި އަދި މެދުރާއްޖެތެރެއިން ވެސް އިވެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރިއަށް ވަޑައިގަތުމަށް ހިތްވަރު ދެއްވާ އެމަނިކުފާނަށް ދެވަނަ ދައުރެއް ދިނުމަށް ގޮވަމުން ދާ އަޑުކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެ އެވެ. 

ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ ބުދަ ދުވަހުގެ ރޭ އެމްޑީީ މައި ހަރުގޭގައި އޮތް ރައީސް ސޯލިހުގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

ޝާހިދު ވިދާޅުވީ ރައީސް ސޯލިހަކީ ކެތްތެރިކަމާއި މަޑުމައިތިރިކަމުގެ ލާމަސީލު މިސާލެއްކަމަށެވެ. އަދި އެއީ ފަހަރެއްގައިވެސް އެމަނިކުފާނަށް ހުޝާމަދުކުރަން ވިދާޅުވާ އެއްޗެއް ނޫންކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. 

ރައީސް ސޯލިހު ރައްޔިތުންނާއި ދޭތެރޭގައި ވިސްނަވާ ވަރު އެންމެ ބޮޑަށް ފާހަގަކުރެވުނީ ކޯވިޑް ނަވާރައިގެ ބަލިމަޑުކަމުގެ ތެރޭގައިކަމަށް ޝާހިދު ވިދާޅުވިއެވެ.

އެ ތަޖުރިބާ ކޮންމެވެސް ވަރަކަށް ހިއްސާކުރައްވަމުން ޝާހިދު ވިދާޅުވީ ކޯވިޑް ނަވާރައިގެ ވަބާ ދިވެހިރާއްޖެއާއި ކުރިމަތި ވުމާއެި ގުޅިގެން ރައްޔިތުންނަށް ކާޑު ލިބުމުގެ ދަތިކަން ކުރިމަތި ނުވާނެ ގޮތަށް ކަންކަން ތަރުތީބު ކުރެއްވުމަށް ރައީސް ސޯލިހު އިރުޝާދުދެއްވަމުން ގެންދެވިކަމަށެވެ. 

ސަރުކާރުގެ ވަޒީރުން މަސްއޫލިއްޔަތުތައް އަދާކުރައްވާތޯ ގަވައިދުން ބައްލަވަމުން ގެންދެވިކަމަށެވެ. އަދި ރާއްޖޭގެ ހާލަތު ގާތުން ބައްލަވަމުން ދިޔަކަމަށް ޝާހިދު ވިދާޅުވިއެވެ. 

ނަތީޖާއެއްގެ ގޮތުން ކޯވިޑްގެ އެންމެ ދަތިހާލުގައިވެސް އެއްވެސް ރައްޔިތަކަށް ކާބޯތަކެތި ލިބުމުގެ ދަތިކަން ކުރިމަތިވެފައި ނުވާނެކަން ޝާހިދު ފާހަގަކުރެއްވިއެވެ. 

އޭގެ އިތުރުން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކޯވިޑްއިން ރައްކާތެރިވާނެ ވެކްސިން ހޯދުމުގެ މަސައްކަތް ދުރާލާ ސަރުކާރުން ފަށާފައިވާނެ ކަމަށާއި، ނަތީޖާއެއްގެ ގޮތުން ކޯވިޑް ވެކްސިން މާކެޓަށް ނެރުނުތާ 48 ގަޑިއިރުގެ ތެރޭގައި ދިވެހިންނާއި ހަމަޔަށް ގެނެސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. 

ހަމައެހެންމެ ކޯވިޑްގެ ދަތި ހާލުގައިވެސް ފެނާއި ނަރުދަމާގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސްފައިވާއިރު، މި ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް ރައީސް ފަހަތަށް ޖެހިވަޑައި ނުގަންނަވާކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. 

ޝާހިދު ވިދާޅުވީ ރައީސް ސޯލިހު ގައުމަށް ކޮށްދެއްވި ޚިދުމަތްތައް މިއަދު ރައްޔިތުން ބަލައިގެންފައިވާކަމަށެވެ. އަދި އެމަނިކުފާނުގެ ދެވަނަ ދައުރެއް ރައްޔިތުން ދެކެން ބޭނުންވާކަން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބަލާލުމުންވެސް ހާމަވެގެންދާކަމަށެވެ. 

"ކަންފަތް ދިއްކޮށްލީމަ އިވެނީ އެންމެ އަޑެއް، ކޮންމެ އަތަކަށް ދިއްކޮށްލިޔަސް އިވެނީ ކުރިއަށް ކުރިއަށް، ރައީސް ސޯލިހު ކުރިއަށް، އެއީ އިވޭ އަޑަކީ. އުތުރަށް ދިއްކޮށްލިޔަސް، ދެކުނަށް ދިއްކޮށްލިޔަސް މެދު ރާއްޖެތެރެއިންވެސް އުތުރި އަރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިއަށް ވަޑައިގަންނަވާށޭ"

ފޮރިން މިނިސްޓަރު ޝާހިދު 

ޝާހިދު އިތުރަށް ވިދާޅުވީ އެމްޑީޕީ ކުރިއަށް ގެންދެވޭނެ ލީޑަރީ ރައީސް ސޯލިހުކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަން ދެމެހެއްޓޭނީވެސް އެމަނިކުފާނަށް ދެވަނަ ދައުރެއް ދެއްވައިގެން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.