ކަޅުވަކަރު މިސްކިތް ނަމާދުގެއަަކަށް ބަދަލުކުރަނީ

22 Jan 2019 | 18:22

ކުރިން ދިރާގު ހެޑްއޮފީސް ހުރި ބިމުގައި ކަޅުވަކަރު މިސްކިތް ބެހެއްޓުމަށްފަހު، އެތަން ބަދަލުކުރެވިގެންދާނީ ނަމާދުގެއަކަށްކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފިއެވެ.

މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިގު ވިދާޅުވީ ކަޅުވަކަރު މިސްކިތް ނަމާދުގެއަކަށް ބަދަލުކުރުމަށް ނިންމީ ކައިރީގައި މިސްކިތެއް ހުރުމުން ކަމަށެވެ.

އެގޮތުން މިސްކިތުގައި ބަންގި އެއް ނުގޮވާނެ ކަމަށާއި ، ޖަމާޢަތް ހަދައިގެން ނަމާދުވެސް ނުކުރާނެކަމަށް ތޯރިގު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ މިސްކިތުގައި ނަމާދުކުރުމަށް އަންނަ ފަރާތްތަކަށް ވުޟޫކުރުމަށް ވަޅަކާއި ދާންޏެއް ހެދިގެންދާނެކަމަށް ތޯރިގު ވަނީ ފާހަގަކުރައްވާފައެވެ.

ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ މަސައްކަތް ފެއްޓުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތުގައި ހިލޭ ސާބަހަށް ގިނަ ފަރާތްތަކުން މަސައްކަތްކުރާނެއެވެ.

Advertisement

ކޮމެންޓް