ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރ. މީދޫގައި އޮތް ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަނީ: ފޮޓޯ/ އެމްޑީޕީ
ހަބަރު
07 Jan 2023 | 00:28
މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނީ ތަފާތު ފިކުރުތަކާއިއެކު މަސައްކަތް ކުރެވޭ ފަރާތަކަށް: ރައީސް

އަދުގެ ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްގެންދެވޭނީ، 2023 ވަނަ އަހަރު ތަފާތު ފިކުރުކާއި އެކު ޚިޔާލު އެއްގޮތް ކޮށްގެން މަސައްކަތް ކުރެވޭނެ ފަރާތެއް އިންތިހާބު ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ރ.މީދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީ އަށް 2008 ވަނަ އަހަރު ވެރިކަން ލިބުނު ގޮތާއި ވެރިކަން ގެއްލިގެން ދިޔަ ގޮތް އެންމެންގެ ހަނދާނުގައި ހުންނާނެ ކަަމަށާ، އަދި 2012 އިން 2018 އަށް އެމްޑީޕީ މަގުމަތިވި ގޮތް ހަނދާން ނައްތާލައިގެން ނުވާނެ ކަަމަށެވެ.

އަދި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވިސްނަންވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ގޮތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ތަފާތުކުރުމެއް ނެތި، ގިނަ މަސައްކަތްތަކެއް މިހާރު ކުރިއަށްދާ ކަން ފާހަގަކުރައްވައި އެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ތަފާޓު ފިކުރުތަކާއި އެކު މަސައްކަތްކުރެވޭނެ ވެރިއަކު ހޮވުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.

"ދަރިންނަށް ތައުލީމް ދިނުން ކަމުގައި ވިޔަސް، ދަތުރު ފަތުރުގެ ނިޒާމް ކަމުގައި ވިޔަސް، ލަފާފުރުން ދަތިވެފައި ހުރި ރަށްރަށުގެ ލަފާފުރުން ހައްލު ކޮށްދިނުން ކަމުގައި ވިޔަސް، ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ގޮތްތައް ހޯދައިދިނުން ކަމުގައި ވިޔަސް، މިސްކިތް ތައް އަލަށް އިމާރާތް ކުރުމާއި އިސްލާމީ މަރުކަޒުތައް ގާއިމް ކުރުން ކަމުގައި ވިޔަސް، މިފަދަ އެތައް އެތައް ޕްރޮގްރާމެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން މިގެންދަނީ ކުރަމުން." ރައީސް ޞާލިހު ވިދާޅުވިއެވެ. 

އެހެންކަމުން އެ މަޝްރޫއު ތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުމަށްޓަކައި، މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އެމަނިކުފާނު ކާމިޔާބު ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ. 

އެކަން ކޮށްދެވޭނީ ތަފާތު ފިކުރުކާއި އެކީގައި ޚިޔާލު އެއްގޮތް ކޮށްގެން ވެރިކަން ކުރެވޭނެ ފަރާތަކަށް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން، އެއްވެސް މީހަކު އެކަނި ނުކުމެ %50 ވޯޓު ހޯދުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ. 

ދިވެހިރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ޕާޓީ އަކީ އެމްޑީޕީ ނަމަވެސް، އެ ޕާޓީއަށް "އެ މަދުވާ އެތިކޮޅު، ފަސެންޓް" ނުލިބި ރާއްޖޭގައި އޮތް އެންމެ ބޮޑު އެންމެ މެންބަރުން ގިނަ ޕާޓީ މަގުމަތި ވާންވީތޯ ނުވަތަ ނޫންތޯ އެއީ އެންމެންވެސް ހިތާއި ހިތާއި ކުރަންޖެހޭ ސުވާލެއް ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ