ރައީސް ސޯލިހު ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
07 Jan 2023 | 12:26
ނަޝީދަށް ވެރިކަން ދިނީމަ އެމްޑީޕީ މަގުމަތިވެ އުޅެން ޖެހުނު ހާލު އަދި ހަނދާނުގައި އެބަހުރި: ރައީސް ޞާލިހް

2008 ގައި އެމްޑީޕީއަށް ލިބުނު ވެރިކަން ނިމި މަގުމަތިވި ގޮތާއި އެފަހުން ވެރިކަން ހޯދަން ކުރަން ޖެހުނު މަސައްކަތްތައް އެމްޑީޕީގެ މެމްބަރުންގެ ހަނދާނުން އަދި ފިލައިގެން ނުދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

ރައީސް ޞާލިހް މިފަދައިން ވިދާޅުވެފައިވަނީ ރ މީދޫގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

ރައީސް ޞާލިހްގެ ވާހަކަފުޅު ފައްޓަވަމުން ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ވޯޓުދެއްވަންވީ އެމްޑީޕީއަށް ވެރިކަން ހޯދައިދީ، އެ ވެރިކަން ދަމަހައްޓާނެ ލީޑަރަކަށްކަމަށެވެ. 

2008 ވަނަ އެމްޑީޕީއަށް ފުރަތަމަ ވެރިކަން ލިބުނު ގޮތާއި، އަދި ވެރިކަން ލިބުނުތާ ތިން އަހަރު ނުވެ އެމްޑީޕީ މަގުމަތިވެގެން ދިޔަ ގޮތާއި، އެފަހުން އެމްޑީޕީގެ މެމްބަރުން މިހާތަނަށް އައިރު ކުރި މަސައްކަތާއި އުފުލި ތަކުލީފުތަކަކީ މިހާރުވެސް ހަނދާނުގައި ހުރި ކަންކަންކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ. 

"2008 ވަނަ އަހަރު އިންތިޚާބެއް ކާމިޔާބުކޮށް އަދި އިންތިޚާބު ކާމިޔާބުކުރެވުނު ގޮތް ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެއަށްފަހު ތިން އަހަރުތެރޭގައި ސަރުކާރު ބަދަލުވެ މަގުމަތިވެގެން އަޅުގަނޑުމެން ދިޔަ ގޮތް މިއަދުވެސް އަޅުގަނޑުމެންގެ ހިތުގައި ހަރުލާ ހުންނާނެ. އަދި ހަނދާނުން ނުދޭ"

ރައީސް ޞާލިހް

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ގެއްލުމާއި ހިސާބުން 2018 ވަނަ އަހަރާއި ހަމަޔަށް ރައްޔިތުން އުޅުނު ދަތި ހާލު ހަނދާނުގައި ހުރިކަމަށެވެ. އަދި އެ ދުވަސްތައް ހަނދާނުގައި ބަހައްޓަންވެސް ޖެހޭކަމަށެވެ. 

ރައީސް ސޯލިހު ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް

ވެރިކަމަށް އާދެވޭނީ ކޯލިޝަންއެއްގެ ތެރެއިންކަމަށާއި، އަދި ވެރިކަމުގައި ދެމި އޮވެވޭނީވެސް ތަފާތު ފިކުރުގެ ސިޔާސީ ޕާޓީތަކާއެކު ގުޅިގެން މަސައްކަތް ކުރަން ދަންނަ ލީޑަރަކަށްކަމަށް ރައީސް ޞާލިހް ގެންދަވަނީ ވިދާޅުވަމުންނެވެ. 

އެމްޑީޕީގެ ފުރަތަމަ ވެރިކަން ރައީސް މުހައްމަދު ނަޝީދަށް ގެއްލުނީ ކޯލިޝަންގެ ތާއީދު އެމަނިކުފާނަށް ގެއްލުމުންކަމަށާއި، އަދި 2013 ވަނަ އަހަރުގެ އިންތިޚާބު ނަޝީދަށް ކާމިޔާބު ނުކުރެވުނީވެސް އެމަނިކުފާނުގެ ފަހަތްޕުޅަށް އަރާނެ ސިޔާސީ ޕާޓީއެއް ނެތުމުންކަމަށް ރައީސް ޞާލިހް ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. 

ރައީސް ސޯލިހު ކެމްޕޭނު ޖަލްސާ----- ފޮޓޯ: ވޮއިސް

އޭގެ އިތުރުން ފަސް އަހަރަށް އިންތިޚާބުވެއްޖެނަމަ ދައުރު ފުރިހަމަކުރައްވާނެ ބޭފުޅަކަށް ވެވަޑައިގަންނަވާނެކަމަށް ރައީސް ޞާލިހް މީގެ ކުރިން އޮތް އެމަނިކުފާނުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ވަނީ ވިދާޅުވެފައެވެ. 

އެކަންކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ އެމްޑީޕީއަށް ވެރިކަން ހޯދާދެވޭނެ އަދި އެމްޑީޕީގެ ވެރިކަން ދަމަހައްޓާނެ ލީޑަރެއް އިޚްތިޔާރުކުރިން މުހިންމުކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ރީތީރާނީ
އަމައްޔާއި މިސޮރު ހާދަ ފިރިހެންވެ ބަސް ހަރު ވެއްޖެތާ!
07 Jan 2023
ގުޅޭ ލިޔުންތައް
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.