ފިޔޯރީ ސްކޫލުގައި ހިނގި އަލިފާނުގެ ހާދިސާ: ފޮޓޯ/ ސޯޝަލް މީޑިއާ
ހަބަރު
08 Jan 2023 | 18:29
ގދ. ފިޔޯރީ ސްކޫލުގައި ރޯވެ އަނދަމުން ދަނީ

ގދ. ފިޔޯރީ ސްކޫލްގައި އަލިފާން ރޯވެ އަނދަމުންދާތީ އަލިފާން ނިއްވުމަށްއެ ރަށަށް ދިޔުމަށް އެމްޑީއެފުން ދަތުރު ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ފިޔޯރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ އެއަތޮޅު ތިނަދޫގައި ހުންނަ ފަޔަ ސްޓޭޝަނުގެ ފަޔަމަނުން އެރަށަށް ދާން ތައްޔާރުވަމުން އަންނަ ކަމަށެވެ. ތިނަދޫން ފިޔޯރީއަށް ދާން 45 ވަރަކަށް މިނެޓް ހޭދަވާނެ ކަމަށް ވެސް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިއަދު ހަވީރު ގާތްގަނޑަކަށް 5 ގައި ފިޔޯރީ ސްކޫލުގެ ބައު ހޯލުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށެވެ. 

މިހާދިސާ ހިނގާފައިވަނީ ސުކޫލު ބަންދު ވަގުތެއްގައި ކަމުގައި ވުމުން ހާދިސާ އާއި ގުޅިގެން އެއްވެސް ކުއްޖަކަށް އަދި މީހަކަށް ގެއްލުމެއް ނުވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ. 

މީގެ އިތުރުން މިނިސްޓްރީން ބުނީ، އަލިފާން ރޯވި އިމާރާތުގައި 5 ކްލާސްރޫމް ހުންނައިރު އެތަނުން 3 ކްލާސްރޫމް ގައި ކުދިންނަށް ކިޔަވައިދޭ ކަމަށާ، އެކުދިންގެ ކިޔެވުން ހުއްޓާނުލައި ކުރިއަށް ގެންދިޔުމުގެ އިންތިޒާމް މިނިސްޓްރީއާއި އެ ސުކޫލާއި ގުޅިގެން ހަމަޖައްސަމުންދާ ކަމަށެވެ. 

އަދި އެމްއެންޑީއެފާއި ފުލުހުންގެ އެހީތެރިކަމާއެކު އަލިފާން ނިއްވުމާއި އަލިފާނުގެ ހާދިސާ ދިމާވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓްރީން ބުނެއެވެ. 

ކޮމެންޓް
މުޙައްމަދު ފިކުރީ
އަލިފާން ރޯވާ ސަބަބު ވަރަށް ސާފު އެއީ ﷲ އަލިފާން ލައްވާފައިވާތީ
08 Jan 2023
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.