ޝިފާއު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
09 Jan 2023 | 08:52
ކަނޑޫދޫ ވިއްކާލުމާއި ދެކޮޅު ހެދުން ޝިފާއު ސިފަކުރީ ތަރައްގީ ހުއްޓުވާލުން ކަމަށް!

ނ. އަތޮޅު ކަނޑޫދޫ ދިގު މުދައްތަކަށް ވިއްކާލުމަށް ސަރުކާރުން ނިންމި މިންމުމާއި ދެކޮޅަށް ނ. އަތޮޅު ކައުންސިލުން މަދަނީ ކޯޓަަށް މައްސަލަ ހުށެއުޅުމުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ނުރުހުން ފާޅުކުރައްވައިފި އެވެ. 

ކަނޑޫދޫ ވިއްކާލުމާއި ދެކޮޅަށް ނ. އަތޮޅު ކައުންސިލުން ކޯޓަށް ދާން ނިންމީ ސަރުކާރުން އެފަދައިން ނިންމުގައި ކައުންސިލާއި އެއްވެސް ވަރަކަށް މަޝްވަރާކޮށްފައި ނުވާތީއެވެ. އަދި ރައްޔިތުންގެ ރުހުން ހޯދާފައި ނުވާތީއެވެ. އެކަމަކީ ނ. އަތޮޅުގެ ގުދުރަތީ ވަސީލަތްތަކުން ރައްޔިތުންނަށް ލިބެން އޮތް މަންފާއަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެ ނިންމުމެއްކަމަށް ނ. އަތޮޅު ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެ މައްސަލައިގައި ކޯޓަށް ދާން ނިންމީ އަތޮޅު ކައުންސިލްގެ އިއްތިފާގުންކަމަށް އެ ކައުންސުލުން ވަނީ ބުނެފައެވެ. 

ނ. އަތޮޅު ކައުންސިލްގެ އެ ނިންމުމަށް ޝިފާއުވަނީ ޓްވީޓާގައި ފާޑުކިޔުންތައް އަމާޒުކުރައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ ބައެއް ރަށްރަށުން އެ ރަށްތައް ތަރައްގީކޮށްދިނުމަށް ސަރުކާރުގައި އާދޭސްކުރަމުންދާއިރު، ބައެއް ކައުންސިލްތަކުން މަސައްކަތް ކުރަނީ ރަށްރަށަށް ލިބެން އޮތް ތަރައްގީ ހުއްޓުވުމަށްކަމަށެވެ. 

"ބައެއްއަތޮޅުތަކުން ސަރުކާރުގަ އެދި އާދޭސް ދަންނަވަނީ ރައްތައް ތަރައްގީ ކުރެވޭނެ މަގެއްހޯދަދިނުމަށް. ބައެއް އަތޮޅު ކައުންސިލްތަކުން މަސައްކަތްކުރަނީ ރައްތައް ތަރަށްގީކުތުން ހުއްޓުވުމަށް"

އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާއު

އެވާހަކައާއި ގުޅުވާ ޝިފާއު އިތުރަށް ވިދާޅުވީ މި ސަރުކާރުން ގެނައި ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބޭނެ ގޮތެއް ނެތްކަމަށެވެ. 

ނ. އަތޮޅު ކަނޑޫދޫ ވިއްކާލުމާއި ދެކޮޅަށް އެ އަތޮޅު ކައުންސިލުން މަދަނީ ކޯޓަށް މައްސަލަ ހުށައެޅުމުން ނުރުހުން ފާޅުކުރަމުންދާ ގިނަ އެމްޑީޕީގެ މެމްބަރުންނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޒައާމަތުގައި ފ.އަތޮޅު ތަރައްގީކުރުމަށް ސައުދީ ޕްރޮޖެކްޓު އިއުލާނުކުރުމުން، އެއީ އެ އަތޮޅު ވިއްކާލަން ކުރާ ކަމެއްގެ ގޮތުގައި ސިފަކޮށް އެކަމާއި ދެކޮޅަށް އިހުތިޖާޖު ކޮށްފައިވައިވާ މެމްބަރުންކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.