ފައިސަލް ނަސީމު ހަފްލާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: އަވަސް
ހަބަރު
09 Jan 2023 | 10:22
ނީލަން ފިހާރައިގައި ރޯވުން: މި ފަހަރުވެސް ސަރުކާރުން ބުނީ އެފަދަ ތަންތަން މާލެއިން ބޭރަށް ބަދަލުކުރާނެކަމަށް!

ނީލަން ފިހާރަތައް ހުންނަ ސަރަޙައްދުގައި ބޮޑު އަލިފާނުގެ ޙާދިސާއެއް ހިނގާފައިވާއިރު، އެ ސަރަޙައްދަށް ނައިބްރައީސް ފައިސަލް ނަސީމް ޒިޔާރަތްކުރައްވައިފި އެވެ. 

އެ ސަރަހައްދު ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގައި ނައިބުރައީސް ފައިސަލް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އެފަދަ ތަންތަން މީހުން ނޫޅޭ ސަރަހައްދުތަކަށް ބަދަލުކުރުންކަމަށެވެ. އަދި އެ އަމާޒަށް ސަރުކާރުން މަސައްކަތް ކުރާނެކަމަށް ފައިސަލް ވިދާޅުވި އެވެ. 

އަދި މި ޙާދިސާއާ ގުޅިގެންވެސް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެކަމަށްވެސް ނައިބުރައީސް ވަނީ ވިދާޅުވެފައެވެ. 

ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގެ މައުލޫމާތު ފަޔާ އެންޑް ރެސްކިޔުއަށް ލިބުނީ މިއަދު ހެނދުނު 5:43 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވިޔަސް، ނީލަން ފިހާރައިގެ އުތުރު ފަޅިން އިމާދުއްދިން ސްކޫލާ ދިމާއިން ފެތުރެމުންދިޔަ އަލިފާންގަނޑުގެ އަސަރު، މާލެ ސިޓީ ކައުންސިލުގެ ބިދޭސީ މުވައްޒަފުން ތިބި ތިން ބްލޮކަކަށް ވަނީ ކޮށްފައެވެ.

މި ހާދިސާއާއި ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ 166 ބިދޭސީ މުވައްޒަފުން ވަނީ އިމާދުއްދީން ސުކޫލުގައި ގާއިމްކޮށްފައިވާ ވަގުތީ ބޯހިޔާވައްސަށް ބަދަލުކޮށްފައެވެ. އަދި އެ މުވައްޒަފުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމުގެ މަސައްކަތް މާލޭ ސިޓީކައުންސިލުން ގެންދަނީ ކުރަމުންނެވެ. 

ކޮމެންޓް
އަހްމަދު
ރަގަޅުގޮތެއް ތިވެސް. ކުރީދުވަހުގަ އުޅޭ ސުކޫލެއްގަ ރޯވެގެންވެސް. އަވަހަށް އުޅޭ ހުރުހާ ސުކޫލްތައް ފަޅުރަށް ތަކަށް ބަދަލުކުރަން
09 Jan 2023
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.