ސީޕީ މުހައްމަދު ހަމީދު:ފޮޓޯ/މި ނޫސް
ހަބަރު
09 Jan 2023 | 10:05
އަލިފާނުގެ ހާދިސާތަކާއި ގުޅޭ ބޮޑު ތަހުގީގެއް ފަށައިފި

މިފަހުން މާލެ އާއި އަތޮޅުތަކުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާތަކާ ގުޅޭ ބޮޑު ތަހުގީގެއް ފުލުހުން ފަށައިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ރޭ ފަތިހު ނީލަން ފިހާރައިގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައިވާއިރު، ސީޕީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ފަހުން މާލެ އާއި އަތޮޅުތަކުގައި ހިނގާފައިވާ އަލިފާނުގެ ހާދިސާ ތަކާއި ގުޅޭ ބޮޑު ތަހުގީގެއް ފަށާފައިވާ ކަމަށެވެ. 

އަދި މި ތަހުގީގު ހިންގާނީ ހަމައެކަނި މާލޭގައި ނޫން ކަމަށާއި އަތޮޅުތަކުގެ ތެރޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާތައް ވެސް މި ތަހުގީގުގެ ތެރޭގައި ހިމެނޭނެ ކަމަށް ސީޕީ ވިދާޅުވި އެވެ. ފުލުހުންގެ މި މަސައްކަތަށް އާންމުންގެ އެހީތެރިކަން ވަރަށް މުހިންމު ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.

ފަހަކަށް އައިސް މާލެ އާއި އަތޮޅުތެރޭގައި އަލިފާނުގެ ގިނަ ހާދިސާތަކެއް ހިނގާފައިވާއިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މާލޭގެ ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ޑިސެމްބަރު މަހު ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ގުޅީފަޅުގައި ތިބޭ ތަނުގައި ހިނގި އަލިފާނުގެ ހާދިސާ ފާހަގަކޮށްލެވެއެވެ.

އަދި މީގެ އިތުރުން އިއްޔެ ހަވީރު ގދ. ފިޔޯރީ ސްކޫލުގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، އަލިފުށީ ކުނިގޮނޑުގައި ހުރި ފައިބަރުތަކެއްގައި މިދިޔަ ހޮނިހިރު ދުވަހު އަލިފާން ރޯވުމުގެ ސަބަބުން ވެސް ބޮޑު އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.