ޑިފެންސް މިނިސްޓަރު މާރިޔާ ޞާހިލުގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
09 Jan 2023 | 11:07
އިންތިޚާބާއި ދިމާކޮށް ހުޅުޖަހާ ރޯކުރުމަކީ ހިންގަމުން އަންނަކަމެއް: މާރިޔާ

ރިޔާސީ އިންތިޚާބާއި ދިމާކޮށް ތަންތަނުގައި ރޯކުރުމަކީ ހިނގަމުން އަންނަކަމެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ. 

ނީލަން ފިހާރަ ސަރަހައްދުގައި ނުރައްކާތެރި އަލީފާނުގެ ހާދިސާއެއް ހިނގުމާއި ގުޅިގެން އެ ސަރަހައްދުގައި ހިނގާކަންކަން ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވަނީ ވަޑައިގަންނަވާފަ އެވެ.

އެ ސަރަހައްދުގައި ހުންނަވާ މީޑިއާއައް މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ އިންތިޚާބާއި ދިމާކޮށް ނީލަން ފިހާރަ ރޯކޮށްލުމަކީ މީގެކުރިންވެސް ހިނގާފައިވާކަމެއް ކަމަށެވެ. މިއީ ވެސް އެފަދަ އިއްތިފާގަކަށް ވެދާނެކަމަށް މާރިޔާ ވިދާޅުވިއެވެ. 

"އަޅުގަނޑަށް އެނގިފަވާ ގޮތުން އިލެކްޝަން ސީޒަން އައިމަ ނީލަން ފިހާރައިގައި.. އިއްތިފާގެއްކަމަށްވެސް ވެދާނެ.. ވަކި ގޮތަކަށް ބުނަނީކީ ނޫން. ތަހުގީގެއް ހިންގީމަ އެނގޭނީ ކިހެނެއް ހިންގާ ކަމެއްކަމެއް، އެކަމަކި ވަރަށް ގިނަ ފަހަރަށް ފެނިގެން މި ދަނީ ތަންތަން ރޯވާތަން"

ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ 

މިފަހުން މާލެ އާއި އަތޮޅުތަކުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާތަކާ ގުޅޭ ބޮޑު ތަހުގީގެއް ފުލުހުން ފަށައިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މިފަދަ ތަހުގީގެއް ކުރިމަތީގައި އޮތްވާ ޑިފެންސް މިނިސްޓަރު ވަނީ ނީލަން ފިހާރައި ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއަކީ ގަސްތުގައި ބަޔަކު ކުރި ކަމަކަށް ވެދާނެކަމަށް ތުހުމަތުކުރައްވާފަ އެވެ. އަދި އެއީ އިންތިޚާބާއި ދިމާކޮށް ހިންގި ކަމެއްކަމަށް ވުމުގެ ފުރުސަތު އޮތްކަމަށް އެކަމަނާ ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ހސަނު
މިދެން ކާކު. މިމީހުން މިކަހަލަވާހަކަފެއްކީމަ އަންނަނީހިނި.
09 Jan 2023
ފާޒު
އެއީ ތިޔަބޭފުޅުންވެސް ހިންގެވި ކަމެއް ދެއްތޯ
09 Jan 2023
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.