މާލޭ މޭޔަރ ޑރ. މުއިއްޒު
ހަބަރު
09 Jan 2023 | 15:01
ރޯވީ ނީލަން ފިހާރަ އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކުރަން އެދިފައި ވަނިކޮށް

މާލެ ސިޓީ ނީލަން ފިހާރައިގައި ރޯވީ، އެ ފިހާރަ އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކުރަން އެދިފައި ވަނިކޮށް ކަމަށް މާލޭ މޭޔަރު ޑތ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރީގެ އެއް ނަމްބަރު ކޮށި ސަރަހައްދުގައި ހިންގާ ނީލަން ފިހާރަ، ސިނާއީ ސަރަހައްދަށް ބަދަލުކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. ނަމަވެސް އެ ކަން އެގޮތަށް ނުވެ އޮތީ ސަރުކާރުގެ އެއްބާރުލުމެއް ނުލިބުމުން ކަމަށް، ރޯވި ސަރަހައްދުގައި ހުރެ މީޑިޔާއަށް މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވިއެވެ.

"މާލެ އަދި ކޮންމެ ސިޓީއެއްގައި ވެސް ސެކަންޑް ހޭންޑް މާކެޓެއް އޮންނާނެ. އެއީ އޮންނަ އެއްޗެއް. އެކަން ކުރެވެން ވާނެ. އެކަމަކު މީހުން ތޮއްޖެހިފައި އޮންނަ ތަނަކު ނޫން ކުރާނީ. ރައްޔިތުންނަށް ބޭނުންވާ މި ކަހަލަ ކަންކަމުގައި ސަރުކާރުގެ އެއްބާރުލުން މުހިންމު،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، މި ހާދިސާއާ ގުޅިގެން ސިޓީ ކައުންސިލްގެ 200 ބިދޭސީ މުވައްޒަފުން ވަންނާނެ ތަނެއް ނެތި ވަނީ މަގުމަތި ވެފައެވެ. 

"މަގުމަތީގެ މުނިސިޕަލް ބައެއް ހިދުމަތްތަކަށް މިއަދު ލޮޅުން އަރާނެތީ އެކަމާ އަޅުގަނޑު ކަންބޮޑުވޭ. އުންމީދު ކުރަން މީގެ ސަބަބުން މި ލިބޭ ހީނަރުކަން މިއަދަށް އަންޑަސްޓޭންޑް ވާނެ ކަމަށް،" މޭޔަރު ވިދާޅުވި އެވެ.

ކޮމެންޓް
އަލިހޮއްކޮ
ހުރިހާކަމެއް ސަރުކާރު ސަރުކާރު ތިޔަ ކިޔަނީ، ތިމާގެ ވެރިކަމުގައި ތިކަންތައްތައް ނުކޮށް އޮތީ ކީއްވެ ޙެއްޔެވެ؟ ތިޔަ ކިޔާ ހުރިހާ އެއްޗެއް، އަބުރާ ވަންނަނީ ތިމާގެ އަގައަށެވެ. ފާޅުވަނީ ތިމާމެންގެ ނުކުޅުދުންތެރިކަމެވެ.
09 Jan 2023
ޢަލީ
ނީލަންފިހާރަ ނުކިޔާ ބަނގުލަދޭޝް ވިޔަފާރި ވެރިން ކިޔާ.
09 Jan 2023
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.