އޭދަފުށީ ބޭއްވި ކެންޕެއިން ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ:ފޮޓޯ/އެމްޑީޕީ
ހަބަރު
09 Jan 2023 | 15:56
ތުޅާދޫ އެއާޕޯޓާއި ހޮސްޕިޓަލް އަޅަން ވީ ވައުދު ވަރަށް އަވަހަށް ފުއްދައިދޭނަން: ރައީސް

ތުޅާދޫ އެއާޕޯޓާއި ހޮސްޕިޓަލް އަޅަން ވީ ވައުދު ވަރަށް އަވަހަށް ފުއްދައިދެއްވާނެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ބ. އޭދަފުށީގައި މިއަދު އޮތް ރައީސް ޞާލިހުގެ ރިޔާސީ ޕްރައިމަރީ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މިހާތަނަށް ރައްޔިތުންނަށް ހޯދައިދީފައި ނުވާ އަސާސީ އެތައް ޚިދުމަތް ތަކެއް ފޯރުކޮށްދިނުމުގެ މަސައްކަތް އެމަނިކުފާނުގެ ސަރުކާރަށް މިވީ 4 އަހަރު ދުވަހުގެ ފަށައި އެކަންކަން ކުރިއަށްދާ ކަމަށެވެ. 

އަދި ތަރައްގީގެ އެފަދަ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސް އިތުރު މަޝްރޫއުތައް ފެށޭނީވެސް ކުރިއަށް އޮތް ދައުރުގައިވެސް މި ސަރުކާރަށް ވެރިކަން ކުރުމުގެ ފުރުސަތު ލިބިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

މިއާއެކު އެމަނިކުފާނު ވަނީ ރަށްތައް ތަރައްގީ ވުމަށް ދަތުރުފަތުރުގެ ނިޒާމްގެ މުހިންމު ކަން ފާހަގަކުރައްވައި، ކަނޑު ދަތުރުފަތުރާއި އެއްގަމު ދަތުރުފަތުރުގެ އިތުރުން ވައިގެ މަގުން ދަތުރުފަތުރު ކުރިއެރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. 

"އަޅުގަނޑުމެން ވާނެ ރިޔާސީ އިންތިހާބުގައި ކޮންމެ ރަށަކުން ފުރައިގެން އެއާރޕޯޓަކަށް 20-30 މިނިޓް ތެރޭ ދެވޭނެ ވަރަށް އެއާޕޯޓްތައް ތަރައްގީ ކުރާނެ ވާހަކަ ދަންނަވާފައި. މިހާރުވެސް އެ މަޝްރޫއު ގެ ދަށުން 4 އެއާޕޯޓެއްގެ މަސައްކަތް ކުރިއަށްއެބަދޭ. އޭގެތެރެއިން ހޯރަފުށި ނިމިފައި. މުލީ ކުރިއަށް. ފަރެސްމާތޮޑާ ކުރިއަށް. މަގޫދޫ ކުރިއަށް އެދަނީ. އިތުރަށް އަޅުގަނޑުމެން ވާނެ 4 އެއާޕޯޓް އެޅުމުގެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމުގެ ވާހަކަ ދަންނަވާފައި." 

އެގޮތުން ބ. ތުޅާދޫ ގައިވެސް އެއާޕޯޓެއް އެޅުމަށް މި ސަރުކާރުން ވައުދުވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ވައުދު ފުރިހަމަ ކުރުމަށްޓަކައި މިހާރު އޮތީ ކުޑަ ދުވަސްކޮޅެއް ކަމަށެވެ. 

"އިރާދަކުރެއްވިޔާ ކުރިއަށް މިއޮތް ދެތިން ހަފްތާ ތެރޭގައި އަޅުގަނޑުމެން އެކަން ކުރުމަށްޓަކައި ބަޔަކާއި ހަވާލު ކުރެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން އަރުވަން. އަޅުގަނޑުމެންގެ އަމާޒަކީ އަހަރުގެ މެދުތެރެއަށް އަރާއިރު، އެތަނުގެ ބިން ހިއްކައި އެތަނުގެ އިމާރާތް ކުރުމުގެ މަސައްކަތް ފައްޓަން. އިރާދަކުރެއްވިޔާ އަހަރު ނިމޭއިރު، އެތަން ބޭނުން ކުރެވޭވަރު ކުރުމަކީ އަޅުގަނޑުމެންގެ އަމާޒު." ރައީސް ޞާލިހު ވިދާޅުވިއެވެ. 

މީގެ އިތުރުން ތުޅާދޫގައި ހޮސްޕިޓަލެއް ބިނާ ކުރުމަކީވެސް މިސަރުކާރުގެ ވައުދެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ވައުދުވެސް ފުއްދުމުގެ މަސައްކަތް ކުރިއަށް އޮތް މަސްތެރޭގައި ފަށްޓަވާނެކަމަށެވެ. 

"އެވައުދުވީ މިތާ ހުރެ އަޅުގަނޑު. މިއަދު އަނެއްކާވެސް އަޅުގަނޑު ޔަގީންކަން މި އަރުވަނީ، ލަސްވަމުން އެދާ ހޮސްޕިޓަލް، އިރާދަކުރެއްވިޔާ ޑައިރެކްޓް އެވޯޑެއްގެ ގޮތުގައި ސަރުކާރުގެ ކުންފުންޏަކާއި ހަވާލުކޮށްގެން ނަމަވެސް، ކުރިއަށް އޮތް މަސް ތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުންފުންޏާ ހަވާލު ކުރާނެ ވާހަކަ ދަންނަވަން." ރައިސް ޞާލިހް ވިދާޅުވިއެވެ. 

ރައީސް ޞާލިހު ވިދާޅުވީ، އެ އެންމެހައި ވާހަކަތައްވެސް އެމަނިކުފާނު ދައްކަވަނީ، "ހަމަ ވާހަކަ" އެއް ދެއްކުމުގެ ގޮތުން ނޫން ކަމަށާއި، އެކަންކަން ކޮށްދެއްވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.