އަލިފާނުގެ ހާދިސާއާ ގުޅިގެން މޭޔަރު މައުލޫމާތު ދެއްވަނީ -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް
ހަބަރު
10 Jan 2023 | 09:08
އަލިފާނުގެ ހާދިސާގައި މަގުމަތިވި މީހުންނަށް ދާއިމީ އެކޮމަޑޭޝަން ދެމަހެއްހާ ދުވަސްތެރޭ ހަދާނަން: މުއިއްޒު

މާލޭ ސިޓީ ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގައި މަގުމަތިވި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ދާއިމީ އެކޮމަޑޭޝަން ދެމަހެއްހާ ދުވަސްތެރޭ ހަދާ ނިންމާނެ ކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ރޭ ނޫސްވެރިންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

މި ހާދިސާއާ ގުޅިގެން މަގުމަތިވި މީހުންނަށް ވަގުތީ ހިޔާއަކަށް ހަމަޖެއްސީ ކޮވިޑް ފެސިލިޓީއެވެ. އަދި މާލެއަށް އައުމަށް ހަމަޖެއްސީ އެމްޓީސީސީ ބަހުގައި ދަތުރު ކުރުމަށެވެ.

"އަޅުގަނޑުމެންނަށް ބަސް ހަމަޖެހިފަ އެބައޮތް، އެމްޓީސީސީގެ ޑަބަލް ޑެކަރ ދެ ބަސް އެބަ އޮތް. އެހެންމަ ގެންގޮސް ގެނެސް ހެދުން އޭގަ ހަމަ ކުރިއަށް ގެންދެވޭނެ،" މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް  މިއީ އެންމެ 'އައިޑިއަލް ސިޓުއޭޝަން' ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން ދާއިމީ އެކޮމަޑޭޝަންއެއް ހެދުމަށް މާދަމާއިން ފެށިގެން މަސައްކަތް ފަށާނެ ކަަމަށާއި، ދެމަހެއްހާ ދުވަސް ތެރޭގައި ދާއިމީ އެކޮމަޑޭޝަން ހަދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ބަލާނީ މަސް ދުވަހުގެ ތެރޭގަވިޔަސް، ސިޓީކައުންސިލް ގޯތިތެރޭގައި ވިޔަސް އަމިއްލަ ކޮންޓްރޯލްގައި މުވައްޒަފުުން ބެހެއްޓޭނެ ދާއިމީ ސެޓަޕެއް ހެދުން،" މުއިއްޒު ވިދާޅުވިއެވެ.

ނީލަން ފިހާރައިގައި، އިއްޔެ ހެނދުނު ރޯވި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެ ސިޓީ ކައުންސިލުގެ 166 ބިދޭސީ މުވައްޒަފުންނަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ދިނުމަށް ކޮވިޑް ފެސިލިޓީއަށް ގެންގޮސްފައެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ދޭން ޖެހުނު މުވައްޒަފުން ވަގުތީގޮތުން ކުރިން ތިބީ އިމާދުއްދީން ސްކޫލްގައެވެ. 

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވިޔަސް، ނީލަން ފިހާރައިގެ އުތުރު ފަޅިން އިމާދުއްދިން ސްކޫލާ ދިމާއިން ފެތުރެމުންދިޔަ އަލިފާންގަނޑުގެ އަސަރު، މާލެ ސިޓީ ކައުންސިލުގެ ބިދޭސީ މުވައްޒަފުން ތިބި ތިން ބްލޮކަކަށް ވަނީ ކޮށްފައެވެ.

މާލޭ މޭޔަރު ވިދާޅުވި ގޮތުގައި، މީހަކަށް އަނިޔާ ނުވި ނަމަވެސް ހިފާގެންގުޅޭ އެއްޗެއްސާއި ޕާސްޕޯޓް އަދި ފައިސާވެސް ވަނީ އަނދައިގެން ގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.