ރައީސް އިބްރާހިމް މުހައްމަދު ޞާލިހު :ފޮޓޯ/އެމްޑީޕީ
ހަބަރު
10 Jan 2023 | 09:27
ސަރުކާރެއް އެކުލަވާލެވޭނީ ކޯލިޝަނަކުން: ރައީސް ޞާލިހު

ސަރުކާރެއް އެކުލަވާލެވޭނީ ކޯލިޝަނަކުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ ޕްރައިމަރީ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ރިޔާސީ ކެމްޕެއިންއަށް ނުކުމެ ހުންނެވީ، ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގައި ކުރިއަށް ދާން ކަމަށެވެ. އަދި މިކަމުގައި ކުރިއަށް ދެވޭނެ ގޮތް ވަރަށް ސާފުކޮށް އެނގިލައްޔާ ކަމަށާއި، އެއީ ވެރިކަމުގާ ތިބުން ކަމަށެވެ.

"ވެރިކަމަށް އާދެވެން އޮތް ގޮތްވެސް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް މިހާރު އެނބަ އެނގޭ. އަޅުގަނޑު ތަކުރާރުކޮށް ބުނަމުން މި އަންނަނީ ރާއްޖޭގެ ވެރިކަަމަށް އާދެވޭނީ ތަފާތު ފިކުރު އެކުލެވޭ، ގިނަ ބަޔަކު ހިމެނޭ ސަރުކާރެއް އެކުލަވާލައިގެން،" ރައީސް ވިދާޅުވިއެވެ.

ކޯލިޝަން ސަރުކާރުން ވެރިކަމަށް އައުުމަކީ ރާއްޖޭގެ ސިޔާސީ މަޝްހަރު މިހާރު އޮތް ގޮތް ކަމަށާއި އެމަނިކުފާނުގެ ވާދަވެރި ކެނޑިޑޭޓް އެކަން ކުރިން ގަބޫލު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މަސައްކަތް ކުރައްވަމުން ގެންދެވީ އެކަނިމާއެކަނި ނިކުމެވަޑައިގެން، އިންތިޚާބު ކާމިޔާބު ކުރެއްވުމަށް. އެހެން ނަަމަވެސް މިއަދު އެއީ އެކަން އެހެން ކުރެވެން އޮތް ކަމެއް ނޫން ކަމަށް އެ ގަބޫލު ކުރައްވަނީ. މިއަދު ވިދާޅުވީ ކޯލިޝަނެއް ހަދާ ވާހަކަ. ސަރުކާރެއް އެކުލަވާލެވޭނީ ކޯލިޝަނަކުން،" ރައީސް ވިދާޅުވިއެވެ. 

ކޯލިޝަނެއް ހެދެނީ އެކަނި ނޫން ކަމަށާއި އެއީ ގިނަ ޕާޓީތައް ބައިވެރިވެގެން ކުރާކަމެއްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ކޯލިޝަން ސަރުކާރެއް ގެންގުޅެވެނީ ކާކަށްތޯ ބަލަން ޖެހޭ ކަމަށެވެ.

"ތިބޭފުޅުން ބައްލަވަންވީ އެކަން ކުރެވެނީ ކާކަށް ކަން. އަދި ކޯލިޝަނެއް ހެދިޔަސް އެ އެބަ ދަމަހައްޓަން ޖެހޭ. އެ ނުދަމަހައްޓައެއް އަޅުގަނޑުމެން މިވީ ވައުދުތަކެއް ނުފުއްދޭނެ" ރައީސް ޞާލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު ރައްޔިތުން އެމަނިކުފާނާ ހަވާލު ކުރެއްވީ ކޯލިޝަން ސަރުކާރެއް ކަމަށާއި އެއީ ރައްޔިތުން އެދުނުގޮތް ކަމަށެވެ. ކޯލިޝަން ސަރުކާރަށް ހަތަރު އަހަރު ފާއިތުވެގެން ގޮސްފައި ވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މި ދައުރު ނިންމަވާނީވެސް ކޯލިޝަން ސަރުކާރާ އެކީގައި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.