ރޭ ބޭއްވި ބައްދަލުވުމުގައި ރައީސ ވާހަކަދައްކަވަނީ: ފޮޓޯ/ އެމްޑީޕީ
ހަބަރު
11 Jan 2023 | 09:55
އޭރު ވެރިކަމުގައި ހުރި އިރުވެސް ކުރީ މުޒާހަރާ؛ އެދުވަސް އިއާދަވާން ނޭދެން: ރައީސް

އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމަށް އައިސްވެސް ކުރީ މުޒާހިރާ ކަމަށާއި އެހެންނަމަވެސް ދެން އެދުވަސް އިއާދަވާން ނޭދޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި، އެޕާޓީގެ މާލޭ ދާއިރާގެ މެމްބަރުންނާއި ކެމްޕޭން ޓީމުތަކާއި ބައްދަލުކުރުމަށް ރޭ ދަރުބާރުގޭގައި އޮތް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ޚިޔާލު ފާޅުކުރުމަކީ ގާނޫނު އަސާސީން ލިބިދީފައިވާ އޮތް ހައްގެއް ކަމަށާއި، އެހެންނަމަވެސް އެކަމުވެސް ކޮންމެވެސް ހަމަޔަކާއި އުސޫލެއް އޮންނާން ޖެހޭ ކަމުގައެވެ.

"އެހެންނަމަވެސް އަޅުގަނޑުމެންގެ އެ ދުވަހުގެ ހާލަތަކީ ވެރިކަމުގައި ތިބިއިރު ވެސް މުޒާހަރާ، އިދިކޮޅުގައި ތިބިއިރު ވެސް މުޒާހަރާ. ކޮންމެވެސް ހަމައެއް އޮންނަން ޖެހޭނެ ނޫންތޯ. ކޮންމެވެސް އުސޫލެއް އޮންނަން ޖެހޭނެ ނޫންތޯ. އަޅުގަނޑަކަށް ނުފެނޭ ވެރިކަމުގައި ތިބެގެން މުޒާހަރާ ކުރަންޖެހޭ ސަބަބެއް. ސަރުކާރު ބަދަލުވީމާ އަޑު އުފުލެން އޮތް ގޮތަކަށް އުފުލާނީ. މިއަދު އަޅުގަނޑުމެން ވިސްނަންވީ އެ ދުވަހަށް އެނބުރި ދާންވީތޯ. މިއީ އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް ސުވާލެއް." ރައީސް ޞާލިހު ވިދާޅުވިއެވެ. 

މިއާއެކު ރައީސް ޞާލިހު ގެ މި ވެރިކަމުގައި ގައުމަށް ހަމަޖެހުން ގެނެވިފައި ވާކަން ފާހަގަކުރައްވައި އެމަނިކުފާނުގެ ވެރިކަމުގެ ފާއިތުވި 4 އަހަރާއި އޭގެ ކުރިން ރާއްޖޭގަ އޮތް ހާލަތާއި އަމިއްލައަަށް ވަޒަން ކޮށްލުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ. 

"އަމިއްލަ އަށް ވިސްނަވާ މިކަންތައްތަކާއި ދޭތެރޭ. ވެރިކަމަށް ގޮސް މުޒާހަރާ ކުރާނީތޯ މަގުމަތީގައި ތިބެގެން މުޒާހަރާ ކުރާނީތޯ ނޫނިއްޔާ މިގޮތަށް ހަމަޖެހިގެން އަޅުގަނޑުމެންގެ އާއްމު ދިރިއުޅުމައިގެން އާއިލާތަކުގައި ކުރިޔަށް ދާނީތޯ." ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު އިތުރަށް ވިދާޅުވީ މިހާރު ކުރިޔަށްދާ ޕްރައިމަރީ ލގެ ކެންޕެއިންގެ ތެރެއިން ދިނާވާ މީހުންނާއި ބައްދަލުވުމުންވެސް އެނގިގެން ދިޔައީ ރާއްޖެ ކުރީ އޮތް ހަކަތަށް އިއާދަކުރަން ބޭނުންނުވާ އެތައް ރައްޔިތުންނެއް މިއަދު ތިބިކަން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ