ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ރޭ ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ބައެއް މެންބަރުންނާއި ވާހަކަ ދައްކަވަނީ: ފޮޓޯ/ އެމްޑީޕީ
ހަބަރު
11 Jan 2023 | 10:22
ގޯއްޗާއި ފުލެޓް މި އަހަރު ދޭނެ ކަމަށް ވިދާޅުވަނީ ވޯޓު ހޯދާކަށް ނޫން: ރައީސް

އެއްވެސް ސަރުކާރަކުން ނުހިންގާ ވަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށައިގެން ސަރުކާރުން ކުރިއަށް ގެންދާ ކަމަށާ، އަދި މާލޭގެ އެއްވެސް ރައްޔިތެއް ބާކީ ނުކޮށް ފުލެޓާއި ގޯތި ދޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިންގައި ރޭ ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ މާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން 7000 ފްލެޓާއި 5000 ގޯތި ދިނުމުގެ މަޝްރޫއު މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި މާލޭ ރައްޔިތުންގެ ބޯހިހާވަހިކަމުގެ ވާހަކައަކީ ވޯޓް ހޯދުމަށް އޮޅުވާލައިގެން ދައްކާވާހަކަ ނޫންކަމަށެވެ.

"މާލެއަށް ހާއްސަކޮށްގެން 7000 އެތައް ފުލެޓަކާއި 5000 ގޯތި ދިނުމުގެ މަޝްރޫއު އެދަނީކުރިއަށް. ތިބޭފުޅުން ގަބޫލުކުރައްވާ އަޅުގަނޑު މިދައްކާ ވާހަކަ. މިއީ އޮޅުވާލައިގެން ވޯޓް ހޯދަން ދައްކާވާހަކައެއް ނޫން. ވޯޓަކާއި މިކަމަކާއި ނެތް ގުޅުމެއް. އިރާދަކުރެއްވިއްޔާ މިއަހަރުގެ މެދަށް އަންނަ އިރުގައި އަޅުގަނޑުއެވީ ވައުދާ އެއްގޮތައް މާލޭ ރައްޔިތުނަށް ގޯތި ކަނޑާފައި ދޭނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަޝްރޫއުގެ އިވެލުއޭޝަންގެ މަސައްކަތް މިހާރު ޕްލޭނިންގެ މިނިސްޓާރީން ކުރަމުން އަންނަ ކަމަށާ އެމަސައްކަތް ވީހާވެސް ރަނގަޅަށް ކުރާނެކަމަށެވެ. އަދި ފްލެޓާއި ގޯއްޗައް ޝަރުތު ހަމަވާ އެއްވެސް މީހަކު އެކަމުން ބާކީނުކުރާނެކަމަށާއި ޝަރުތު ހަމަވާ އެންމެނަށްވެސް ގޯއްޗާއި ފްލެޓް ދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

މިއާއެކު މީގެ ކުރިން އައި އެއްވެސް ސަރުކާރަކުން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށާފައި ފްލެޓް ހަވާލު ކުރެވުނުތޯ ސުވާލު ކުރައްވައި އެމަނިކުފާނު ވަނީ އެހެން އެއްވެސް ބޭފުޅަކު ފުލެޓުގެ ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގެންފަ އެވެ. 

"މި ވޭތުވެދިޔަ ތަނުގައި ކޮން ސަރުކާރަކަށްތޯ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށާފައި ފްލެޓް ހަވާލު ކުރެވުނީ؟ ނޯންނާނެ. ނަމަވެސް އިރާދަކުރެއްވިއްޔާ މި ސަރުކާރުން އަޅަން ފެށި ފްލެޓުތަކުގެ މަސައްކަތް ނިންމައި އެ ފްލެޓްތަކުގައި މާލޭގައި ފްލެޓަށް ބޭނުންވެފައި ތިބި ރައްޔިތުންނަށް ވަންނަން ފެށޭ ވަރު މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން ކުރާނަން،" ރައީސް ޞާލިހު ވިދާޅުވިއެވެ. 

ރައީސްގެ ޕްރައިމަރީގެ ކެމްޕެއިން ތެރެއިން މީގެ ކުރިންވެސް ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ މާލެ ސަރަހައްދުގައި މި ސަރުކާރުން ފެށި ބައެއް ފްލެޓުތަކުގެ މަސައްކަތް ނިންމައި މި ފަސް އަހަރުގެ ތެރޭގައި މީހުން ދިރިއުޅެން ފެށޭވަރުކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
އިއްބެ
ވަރަށް ސިމްޕަލް. ހޮވިއްޖެ ނަމަ ނުދޭން ރިޔާސީ އިންތިހާބަށް ފަސްކުރަން. ނުހޮވުނީމަ އަޅައި ނުލާ ހުންނަން.
14 Jan 2023
ގުޅޭ ލިޔުންތައް
12 Aug 2026
ތަކެތީގެ އަގުތައް މިދާވަރުން އުފުލިގެން ދާނަމަ ހައިޕާ އިންފްލޭޝަނަކަށް ގޮސްދާނެ
ކަޅު ބާޒާރުގައި ޑޮލަރެއް ލިބޭ އަގު 22 ރުފިޔާ އާ ހިސާބަށް ހިނގައްޖެކަމަށާއި، މިގޮތަށް ޑޮލަރުގެ އަގު އުފުލުމާއެކު ތަކެތީގެ އަގުތައް މައްޗަށްގޮސް އެންމެފަހުން ބައްދަލުކުރާނީ ހައިޕާ އިންފްލޭޝަނަކާކަން ރައީސް ނަޝީދު ވިިދާޅުވިއެވެ
12 Aug 2026
ދިރާގުން ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު އަޕްޑޭޓްކުރުމަށް އެދިއްޖެ
ޑިވިޑެންޑް ޓެކުހުގެ ގަވާއިދުތަކާ އެއްގޮތަށް ފައިދާ ދޫކުރުމަށްޓަކައި ހިއްސާދާރުން ޓެކްސް ދައްކަންޖެހޭ ޤައުމުގެ މަޢުލޫމާތު ސައްޙަތޯ ކަށަވަރުކޮށް އެ މަޢުލޫމާތު އަޕްޑޭޓްކުރުމަށް ދިރާގުން އިލްތިމާސްކޮށްފިއެވެ.
12 Aug 2026
މަޖިލީހުގެ ދައުރު ދަންމާލަން ފާސްކޮށްފި
މުހިންމު މަސައްކަތް ނުނިމި ހުރި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލުމަށް މިއަދު ފާސްކޮށްފިއެވެ.
12 Aug 2026
ދައުލަތަށް ދަރިފުޅު ނެގި މައްސަލައާ ގުޅިގެން އާޒިމާގެ ސުވާލު
ތުއްތު ކުއްޖަކު، އާއިލާގެ އިޒުނައެއް ނެތި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި ކަމާބެހޭ މުއައްސަސާތަކުން ބަހެއް ނުބުނާތީ، ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ސުވާލު އުފައްދަވައިފިއެވެ.
12 Aug 2026
ޢަރަބިއްޔާގެ އާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި
މިހާރު ޢިމާރާތް ކުރެވެމުންދާ އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އާ ޢިމާރާތުގެ މަސައްކަތަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން 12 ނޮވެމްބަރ 2024 ގައި އާރް.ސީ.ސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
12 Aug 2026
ރަޝިޔާގެ ހަމަލާތަކުގައި އުތުރު ކޮރެއާގެ މިސައިލް ބޭނުންކުރި ކަމަށް ތުހުމަތުކޮށްފި
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން 12 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށާއި، އެ ހަމަލާތަކުގައި އުތުރު ކޮރެއާގެ މިސައިލް ބޭނުންކޮށްފައިވާ ކަމަށް ޔޫކްރެއިނުން ތުހުމަތުކޮށްފިއެވެ.
12 Aug 2026
އިންޑިއާގެ ދަނޑުވެރި އެކްސްޕޯޓުތައް އެތައް ޤައުމަކުން އެތެރެކުރުން ހުއްޓާލަނީ
ޖަޕާނުން އިންޑިއާގެ އަނބު އެތެރެކުރުން ހުއްޓައިލައި، ޗައިނާއިން ހަނޑޫ ރިޖެކްޓްކޮށް، ޔޫރަޕާއި ހޮންގް ކޮންގުން ހަވާދުގެ ސާމްޕަލްތަކުން މައްސަލަ ފެނުމާ އެކު، އިންޑިއާގެ ދަނޑުވެރި އެކްސްޕޯޓަށް ބޮޑެތި ހުރަސްތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
12 Aug 2026
ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ
ރާއްޖޭގައި މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް، ޚާއްޞަކޮށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.