މެމްބަރު ނިހާދު ރައީސް ސޯލިހުގެ އަރިހުގައި/ ފޮޓޯ: އެމްޑީޕީ
ހަބަރު
11 Jan 2023 | 13:04
ލޯބިވާ މިހާއަށް ވުރެ މިހާރަށް މުހިންމީ ތަރައްގީ ކޮށްދޭ މީހާ: ނިހާދު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޭންވީ ގައުމު ތަރައްގީ ކޮށްދީ، އެ ތަރައްގީ ދަމަހައްޓާނެ ލީޑަރަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޕާޓީގެ ދެ ރައީސުން ވާދަކުރައްވާއިރު، މިއީ އެމްޑީޕީގެ ކުރިމަގު ބިނާކުރާނެ އިންތިޚާބެއްކަމަށް ޕާޓިގެ އިސް ސަފުގައި ތިއްބަވާ ފަރާތްތައް އިއްތިފާގުވެއެވެ. އެއީ ދެ ރައީސުން ގެންގުޅުއްވާ ސިޔާސަތުތަކާއި ވިސްނުންފުޅު ތަފާތުވުމާއި ގުޅިގެންނެވެ. 

އިންތިޚާބާއި ގުޅިގެން ފޯރިގަދަ ކެމްޕޭނެއް ކުރިއަށް ދާއިރު، ދެ ރައީސުންގެ ފަހަތްޕުޅުގައި ޕާޓީގެ މެމްބަރުން ބެހިފައިވާކަން ފާހަގަކޮށްލެވެއެވެ. 

ނިހާދަކީ މި އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ބޭފުޅެކެވެ. 

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ސޯލިހަށް ދެއްވުމަށް އެމްޑީޕީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގަންނަވަމުން ނިހާދު ވިދާޅުވީ ރައީސް ނަޝީދު ދެކެ އެމްޑީޕީގެ މެމްބަރުން ލޯބި ވި ނަމަވެސް ކުރިއަށް އޮތް އިންތިޚާބުގައި ވޯޓުދެއްވަންވީ ތަރައްގީ ދަމެހެއްޓޭނެ ބޭފުޅަކަށް ކަމަށެވެ. 

އެމްޑީޕީ އިސްވެ އޮވެ ހިންގާ ކޯލިޝަން ސަރުކާރަކީ ހެޔޮ ވެރިކަމެއް ކަމަށާއި، މި ވެރިކަން ދެމެހެއްޓުން މުހިންމުކަމަށް ނިހާދު ވިދާޅުވިއެވެ. އަދި މި ވެރިކަން ދެމެހެއްޓޭނެ ގޮތަކަށް އެއްމޑީޕީގެ މެމްބަރުން ރިޔާސީ ޕްރއިމަރީގައި ގޮތް ނިންމެވުމަށް ނިހާދު ވަނީ އެދިވަޑައިގެންފައެވެ. 

ރައީސް ސޯލިހަށް ތާއީދުކުރައްވާ މެމްބަރުން ވިދާޅުވަމުންދަނީ އެމްޑީޕީއަށް ވެރިކަން ދެމެހެއްޓޭނެ ހަމައެކަނި ފޯމިއުލާއަކީ ކޯލިޝަންއެއް ހެދުންކަމަށެވެ. އަދި މިހާރު ރާއްޖޭގައި އޮތް އެއްވެސް ސިޔާސީ ޕާޓީއަކުން ރައީސް ނަޝީދާއެކު ކޯލިޝަން ހަދަން ބޭނުން ނުވާނެކަމަށް އެ މެމްބަރުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުން ނެވެ. 

ކޮމެންޓް
ނިހާދު ކޮއްކޮ
ނިހާދު މާ މޮޅު ވާހަކަ ދައްކާ އިރު މީނަ ދަނީ ގާތްތިމާގެ މީހުންނަށް އެތަކެއް ކަންކަމެއް ސަރުކާރުން ކުރަމުން. އާންމު މީހާގެ ފޯނުވެސް ނުނަގާ ކުއްލި އަކަށް ވޯޓު ބޭނުންވީމަ ގުޅެން ނޫޅެބަލަ.
12 Jan 2023
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.