ރަސްމީ ފާލަން ސަރަހައްދަށް އެޅިފައިވާ ކަޅުތެޔޮ: ފޮޓޯ/ އެމްއެންޑީއެފް
ހަބަރު
12 Jan 2023 | 10:44
މާލޭ ފަޅަށް ކަޅުތެޔޮ އެޅުނު ސަބަބު ބަލަން ސާމްޕަލް ނަގައިފި

މާލޭ ރަސްމީ ފާލަމާ 3 ނަންބަރު ޖެޓީއާ ދެމެދު ފަޅުތެރެއަށް ކަޅުތެޔޮ އެޅެން ދިމާވި ސަބަބު ހޯދުމަށް ސާމްޕަލްނަގައިފިއެވެ.

"ވޮއިސް" އަށް މައުލޫމާތު ދެއްވަމުން އެންވަޔަރުމަންޓު ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ)ގެ ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވީ ކަޅުތެޔޮ އެޅުނު ސަބަބު ދެނެގަތުމަށް، މިދިޔަ ބުރާސްފަތި ދުވަހު ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި ސާމްޕަލް އެނަލައިޒް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

"ސާމްޕަލް ނެގީ ފަޅުތެރެއިންނާ ބަނދަރުގަ ހުރި ބޯޓު ބޯޓުން،" ނައީމް ވިދާޅުވިއެވެ.

ސާމްޕަލް އެނަލައިޒް ކުރުމުގައި، ރާއްޖެއިން ހެދެން ހުރި ޓެސްޓުތައް ހަދާނީ ރާއްޖޭގައި ކަމަށާއި އަދި ރާއްޖެއިން ހެދެން ނެތް ޓެސްޓުތައް، ބޭރަށް ފޮނުވައިގެން ހަދާނެ ކަމަށް ނައީމް ވިދާޅުވިއެވެ.

އެމްއެންޑީއެފްއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އެ ސަރަހައްދަށް 1000 ލިޓަރުގެ ތެޔޮ އެޅިފައި ހުއްޓެވެ.

އެކަމާއި ގުޅޭގޮތުން އީޕީއޭގެ ޑިރެކްޓަރު އިބްރާހިމް ނައީމު މީގެ ކުރިން ވިދާޅުވީ ތެޔޮ އެޅެން ދިމާވި ސަބަބު މިހާތަނަށް ދެނެގަނެވިފައި ނުވާކަމަށެވެ. އެހެން ނަމަވެސް އެކަން ބަލަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. 

އޭގެ އިތުރުން ނައީމު ވިދާޅުވީ ފަޅުތެރެއަށް ތެޔޮ އެޅުމާއި ގުޅިގެން އެ ސަރަހައްދުގައި އެއްވެސް ދިރުމަކަށް ގެއްލުމެއް ލިބިފައިވާކަން އަދި ފާހަގަކުރެވިފައި ނުވާކަމަށެވެ. 

ހެވީ ފިއުލް އޮއިލްއަކީ އާގު ބޯޓް ފަހަރު ފަދަ ބޮޑެތި ބޯޓްތަކުގައި ބޭނުންކުރާ ތެލުގެ ބާވަތެކެވެ. އީޕީއޭއިން ބުނީ، އެކަން ހިނގައިދިޔަ ގޮތް ބަލަމުންދާކަމަށާއި، އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ އެކަން ދިރާސާ ކުރުމަށްފަހު ހާމަކުރައްވާނެކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.