ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ރޭ ހުޅުމާލޭގައި އޮތް ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ:ފޮޓޯ/އެމްޑީޕީ
ހަބަރު
12 Jan 2023 | 09:16
ގާނޫނު ބަދަލުކޮށްގެންވެސް ވެރިކަމަށް އަންނަން އުޅެނީ ކާކުކަން އެންމެނަށްވެސް އެނގޭ: ރައީސް ޞާލިހް

ގާނޫނު ބަދަލުކޮށްގެންވެސް ވެރިކަމަށް އަންނަން އުޅެނީ ކާކުކަން އެންމެނަށްވެސް އެނގޭ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ހޫނު ރައްދު ތަކެއް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރައްވައިފިއެވެ.  

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި، ބ. ހިތާދުއަށް ވަޑައިގެން އެރަށުގައި ތިއްބެވި ރައީސް ނަޝީދުގެ ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ރައީސް ސޯލިހު ނެރުނީ 18 މަސް ދުވަހުގެ މުއްދަތަށް ވެރިކަން ކުރައްވާގޮތަށް ކަމަށާއި އެވާހަކަ އެމްޑީޕީގެ މެނިފެސްޓޯގައިވެސް ލިޔެފައިވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ، 18 މަސްދުވަހުގެ މުއްދަތަކަށް ވެރިކަމަށް ގެންނެވުމުން، ވެރިކަމުގެ ފުރަތަމަ ދައުރު ފުރިހަމަ ކުރައްވައި ރައީސް ސޯލިހު ގެންދަވަނީ ދެވަނަ ދައުރެއްގެ ވާހަކަ ދައްކަވަމުން ކަމަށެވެ. އަދި ދެވަނަ ދައުރު ނިންމަވައިފައި ގާނޫނުއަސާސީ ބަދަލު ކުރައްވައި ވެރިކަމުގެ ތިންވަނަ ދައުރެއްގެ ވާހަކަ އެމަނިކުފާނު ދައްކަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަޝީދުގެ އެވާހަކަ ތަކާއި ގުޅިގެން، ރޭ ހުޅުމާލޭގައި އޮތް ރައީސް ޞާލިހުގެ ކެންޕެއިން ބައްދަލުވުމުގައި ވާހަކަ ދައްކަމުން ރައީސް ޞާލިހް ވަނީ ރައީސް ނަޝީދު ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާއިރު، ރިޔާސީ އިންތިހާބެއްގައި ބައިވެރި ވީތީ އެކަމަށްވެސް ފާޑުވިދާޅުވެފައެވެ. 

އެގޮތުން، ވިދާޅުވީ، އެމަނިކުފާނު ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލެއްވީ ރިޔާސީ ނިޒާމަކަށް ތާއީދު ވެސް ކުރައްވާތީ ކަމަށެވެ. އަދި ވެރިކަން ބޭނުންވެގެން އަބަދު އުޅުއްވަނީ ކޮން ބޭފުޅެއް ކަން ދިވެހި ރައްޔިތުންނަށް އެނގޭނެ ކަމަށާ އެކަމާއިމެދު އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލާ ބޭފުޅުން ވަރަށް ރަނގަޅަށް ވިސްނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

"ވެރިކަން ވެރިކަން ވެރިކަން ނޫން އެއްޗެއް ނެތް. ނިޒާމް ބަދަލުކޮށްގެން ވިޔަސް ގާނޫނުއަސާސީ އިސްލާހުކޮށްގެން ވިޔަސް ވެރިކަމަށް އަންނަނީ ކޮން ބޭފުޅެއްތޯ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ،" ނަޝީދުގެ ނަން ވިދާޅުވެ ރައީސް ވިދާޅުވި އެވެ.

މިއާއެކު ރައީސް ޞާލިހް ވިދާޅުވީ، ރިޔާސީ އިންތިހާބެއްގައި އޮންނަނީ ދެ ދައުރު ކަމަށާއި އެ އަށް ވުރެ އިތުރަށް ކުރިމަތިލާން ގަސްތުނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ، ދެ ބޭފުޅުންގެ މެދުގައި ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެ، އެ ވާދަވެރިކަމުގެ ތެރެއިން ރައީސް ނަޝީދާއި ރައީސް ޞާލިހް އަންނަނީ އެއްބޭފުޅަކު އަނެއް ބޭފުޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ