ރޭ އޮތް ރައީސް ޞާލިހުގެ ކެންޕެއިން ޖަލްސާގައި ނިޔާޒް ވާހަކަ ދައްކަވަނީ: ފޮޓޯ/ ޓުވިޓާ އެމްޑީޕީ ކުރިއަށް
ހަބަރު
12 Jan 2023 | 10:48
ވަކި މީހަކު އަނބުރާ ފިކުރު އަޅުގަނޑުމެން ނައްތާލައިފިން: ނިޔާޒު

އެމްޑީޕީ އަކީ ފިކުރެއް ނަމަވެސް އެއީ ވަކި މީހަކު އަނބުރާ ފިކުރެއް ނޫން ކަމަށާ، އެ ފިކުރު ނައްތާލީވެސް އެމްޑީޕީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ވިދާޅުވެއްޖެއެވެ. 

ނިޔާޒު މިފަދައިން ވިދާޅުވީ ރޭ ހުޅުމާލޭގައި ބޭއްވުނު ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެންޕެއިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. 

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިޔާޒު ވަނީ، ޕްރައިމަރީގައި ރައީސް ޞާލިހާއި ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޕެއިންގައި އެމަނިކުފާނަކީ "ފިކުރެއްގެ ދިރުން" ވިދާޅުވެ، އެމްޑީޕީގެ ފިކުރަކީ ރައީސް ނަޝީދު ގެ ފިކުރު ކަމަށް ދެއްކުމަށްޓަކައި އެމަނިކުފާނުގެ ޓީމުން ވިދާޅުވަމުން އަންނާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.  

"ރަނގަޅު ތެދެއް. އެމްޑީޕީ އަކީ ފިކުރެއް. އެ ފިކުރަކީ ޖާޒީރާ ރާއްޖެ ފިކުރު. އެ ފިކުރަކީ ކުރިއަށްދާ ފިކުރު. އެ ފިކުރަކީ ނުހުއްޓި ތިބޭ ފިކުރު. އެ ފިކުރަކީ ވަކި މީހަކު އަނބުރާ ފިކުރެއް ނޫން. އެ ފިކުރު އަޅުގަނޑުމެން ނައްތާލައިފިން." ނިޔާޒު ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ 30 އަހަރު ވަންދެން އެކަކު ވެރިކަން ކުރުމަކީ ގަބޫލު ކުރެވޭ ފިކުރެއް ނޫން ކަމަށާ، މަގު މައްޗަށް ނުކުމެގެން އެ ފިކުރު އެމްޑީޕީން ބަދަލު ކުރީ އެއީ ގަބޫލު ކުރެވޭ ވެރިކަން ކުރުމުގެ ނިޒާމެއް ނޫންވީމާ ކަމަށެވެ. 

އަދި އެކަމަށްޓަކައި އެމްޑީޕީ އުފެދިގެން އައި ކަމަށާ، ސިޔާސީ ޕާޓީތަކުގެވެސް ލީޑަރުން ބަދަލު ވާނެ ކަމަށާ، ޕާޓީތަކުގެ އިސްކޮށް ތިއްބަވާނީ އެކިފަހަރު އެކި ބޭފުޅުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން، އެ އަންނަ ލީޑަރަކާއި އެކު ޕާޓީގެ އެންމެހައި ފަރާތްތައް ތިބެންޖެހޭ ކަމަށާ، އެމީހަކާއި އެކު ޕާޓީ ކުރިއަށްދާން ޖެހޭކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.  

ކޮމެންޓް
ޢަލީ
އެމްޑީޕީ މެމްބަރުން ތިބެނ ވެރިކަމާއިގެން ބައްދާ ބައިގަނޑެއް އިބޫ އާއެކީ އުޅެނީ. އިތުރު ދައުރެއްދޭށޭ ކިޔަނީ އެހެންވެ.
12 Jan 2023
ގުޅޭ ލިޔުންތައް
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ