މެންބަރު މުހައްމަދު ނިހާދު އާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު--
ހަބަރު
12 Jan 2023 | 12:15
މިއީ އެތައް އަހަރެއްގެ ޖިހާދަކުން ގެނެވުނު ވެރިކަމެއް: ނިހާދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ވެރިކަމަކީ އެތައް އަހަރެއްގެ ޖިހާދަކުން ގެނެވުނު ވެރިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ. 

ނިހާދު އަކީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިހަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ މެންބަރެކެވެ. އަދި އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް އެކިފަހަރު މަތިން އޭނާ ވަނީ ވިދާޅުވެފައެވެ. 

އެގޮތުން، ރައީސް ޞާލިހަށް ތާއީދު ކުރައްވައި ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޞާލިހުގެ މި ވެރިކަން ވައްޓާލައިފިނަމަ ދެން ދެން އަވަސް ފުރުޞަތެއްގައި އެމްޑީޕީއަށް ވެރިކަން ނުލިބޭނެ ކަމަށެވެ. 

"އެތައް އަހަރެއް ވަންދެން ކުރެވުނު ޖިހާދަކުން ގެނެވުނު ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރުމަކީ ވަރަށް ޚުދުމުހުތާރު ޢަމަލެއް. އެއީ ރައްޔިތުންނަށް ޣައްދާރުވުން. ވެރިކަން ދިފާއުކުރުން ލާޒިމް." ނިހާދު ވިދާޅުވި އެވެ. 

ނިހާދު މިފަދައިން ވިދާޅުވެފައި ވާއިރު، އަންނަ ރިޔާސީ އިންތިހާބު ރައީސް ޞާލިހަށް، އެމްޑީޕީއަށް ކާމިޔާބުކޮށް ނުދެއްވޭނެ ކަމަށް ޕްރައިމަރީ ގައި ރައީސް ޞާލިހާއި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. 

އަދި ރައީސް ޞާލިހު ވެރިކަމަށް ގެނައުމަށް އެދުނީވެސް ރައީސް ނަޝީދު ކަމަށާ، ރައީސް ޞާލިހް ވެރިކަމުން ބާލަންވެސް އުޅޭނީ ނަޝީދު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

""ރައީސް ޞާލިހް ވެރިކަމަށް ގެންނަން ބުނީ އަޅުގަނޑު ދެން ރައީސް ޞާލިހު ވެރިކަމުން ބާލަންވެސް ހަމައުޅޭނީ އަޅުގަނޑު. އަޅުގަނޑު އެކަން ކުރާނަން،" ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.