ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުން ފުލުހުންގެ މައި އިދާރާއިން ނިކުމެވަޑައިގަންނަވަނީ/ ފޮޓޯ: މިހާރު
ހަބަރު
14 Jan 2023 | 14:09
ރިޕޯޓުތަކަށް ފައިސާ ނުދެއްކި، ރައީސް ޔާމީންގެ އިސްތިއުނާފަށް އިތުރު ހުރަހެއް!

ވ. އާރަށުގެ މުއާމަލާތާއި ގުޅިގެން ވާދަވެރި ސިޔާސީ ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކޮށްފައިވާ ހުކުން އިސްތިއުނާފުކުރުން ލަސްވާ ސަބަބާއި ގުޅިގެން ގާނޫނީ ވަކީލުން އާ ވާހަކަތަކެއް ހިއްސާ ކުރައްވައިފި އެވެ. 

ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފު ކުރުން ލަސްވާ ސަބަބުތަކާއި ގުޅިގެން ނޫސްވެރިންގެ ގިނަ ސުވާލުތަކެއް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމަށް އަމާޒުވަމުން ދިއުމާއި ގުޅިގެން، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މައްސަލަ އިސްތިއުނާފުކުރަން ބޭނުންވާ ބައެއް ރިޕޯޓުތައް އަދިވެސް ގާނޫނީ ޓީމަށް ފޯރުކޮށްދީފައި ނުވާކަމަށެވެ. 

އެގޮތުން ރައީސް ޔާމީންގެ ގެ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު އަދިވެސް ނުލިބޭ ކަމަށާއި، އިއްޔެ ކްރިމިނަލް ކޯޓުން ގުޅައި ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިފައިވާ އެދިފައިވާ ލިޔުންތަކަށް އެކު ޖުމްލަ 8196 ރުފިޔާ އަރާކަމަށް ބުނި ކަމަށާއި އެ ފައިސާ ދެއްކުމަށް އަންގާފައިވާކަމަށް ޝަމީމު ވިދާޅުވިއެވެ. 

އެހެން ނަމަވެސް ކްރިމިނަލް ކޯޓަށް ފައިސާ ދައްކަން ޖެހެނީ ބަންޑާރަ ޕޯޓަލް މެދުވެރިކޮށް ކަމަށްވާއިރު، މިހާތަނަށްވެސް ފައިސާ ދެއްކުމަށް ބަންޑާރަ ޕޯޓަލްގެ ލިންކު އަދިވެސް ކްރިމިނަލް ކޯޓުން ހިއްސާކޮށްފައި ނުވާކަމަށް ޝަމީމު ވިދާޅުވި އެވެ. 

އަދި އެކަމުގެ ސަބަބުން މިހާތަނަށްވެސް އެދިފައިވާ ލިޔުންތައް ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ. 

ވ. އާރަށުގެ މުއާމަލާތާއި ގުޅުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާ 11 އަހަރުގެ ޖަލުހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ ނިމިދިޔަ ޑިސެމްބަރުމަހެ 25 ގައެވެ. 

އެހެން ނަމަވެސް އެ ހުކުން ގަބޫލު ނުކުރާކަމަށާއި، އެ ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފު ކުރައްވާނެކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވަނީ ހަމަ އެދުވަހު ވިދާޅުވެފައެވެ. 

ދަށު ކޯޓުން އިއްވާ ހުކުމް 60 ދުވަހުގެ ތެރޭގައި ހައި ކޯޓުގައި އިސްތިއުނާފުކުރަން ޖެހޭނެއެވެ. ރައީސް ޔާމީންގެ މައްސަލަ ވީ އެންމެ އަވަހަކާ އިސްތިއުނާފުކުރަން ބޭނުންވާކަމަށް ގާނޫނީ ޓީމުން ވިދާޅުވި ނަމަވެސް، މައްސަލަ އިސްތިއުނާފުކުރަން ބޭނުންވާ މުހިންމު ލިޔުންތައް ނުލިބޭތީ، އެ މައްސަލައިގެ އިސްތިއުނާފަށް ވަނީ ހުރަސްއެޅިފަ އެވެ. 

އެގޮތުން މައްސަލަ ނިންމި ގޮތުގެ ޚުލާސާ ރިޕޯޓަކީ މައްސަލަ ނިންމާ ދުވަހު އެ މައްސަލައިގައި ހިމެނޭ ދެ ފަރާތަށް ފޯރުކޮށްދޭން ޖެހޭނެ ލިޔެކިޔުމެއްކަމަށް ރާއްޖޭގެ ސުޕްރިމް ކޯޓުން ކަނޑައަޅާފައި ވީ ނަމަވެސް، އެ ލިޔުންވެސް ލިބުނީ ވަކީލުން ކްރިމިނަލް ކޯޓަށް ވަޑައިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވުމަށްފަހުގަ އެވެ. 

ކޮމެންޓް
ޙުސައިން
ބަލަގަ އަހަރުމެން ވެސް ފައިސާ ދައްކަނީ ކޯޓުން ލިންކު ދީގެނެއް ނޫނޭ.
14 Jan 2023
އިންވެސްޓިގޭޓަރ.
ތިޔަކަމަކީ ސީދާ އެމްޑީޕީ އިސްމީހުން ، އެމްޑީޕީ ގެ ރައީސް، އެމްޑީޕީ ގެ އިސްލީޑަރ އަދި އެމްޑީޕީ ގެ ޗެއަރޕާސަން އާއ އެމްޑީޕީ ގެ ޕީޖީ ގްރޫޕް ގުޅިގެން ކުރާކަމެއް
14 Jan 2023
🤣🤣
އޭ ބަލަ ހުސޭނާ. ތިވަރު ގަމާރުން ކޮމެންޓް ނުކޮށްބަލަ. އެއްވެސް އޮފީހަކަށް ފައިސާއެއް ނުދެއްކޭނެ ލިންކް ނުދެނީހެއް. ކޮންމެ އޮފީހަކުންވެސް ލިންކް ހޯދަން ޖެހޭނީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް. ނޭނގޭ ވާހަކަ ނުދައްކާ ހުރޭ.
14 Jan 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.