އެތެރެހަށީގެ ޚާއްސަ ޑރ. މުޙައްމަދު ޢަލީ ފޮޓޯ: މުޙައްމަދު ޢަލީ އެފްބީ
ހަބަރު
15 Jan 2023 | 13:06
ޑރ. މުހައްމަދު ޢަލީ ވިދާޅުވެދެއްވީ އާއްމު ދިރިއުޅުމުގައި ކޮންމެހެން އެނގެންޖެހޭ ކަންކަން

އަހަރެމެންގެ އާއްމު ދިރިއުޅުމުގައި ބޭނުންކޮށް އުޅޭ ވަރަށް ގިނަ ތަކެތި އައު ކުރަންޖެހޭ މުއްދަތާއި އެކަންކަމާއި ގުޅޭ މުހިންމު މައުލޫމާތު ތަކެއް އެތެހަށީގެ ޚާއްސަ ޑޮކްޓަރު، ޑޮކްޓަރ މުހައްމަދު ޢަލީ ވިދާޅުވެދެއްވައިފިއެވެ. 

އާއްމު ދިރިއުޅުމުގައި އަހަރެމެންގެ ބަދިގޭގަޔާއި، ޒީނަތްތެރި ވުމަށާ، އަދި ސާފުތާހިރު ވުމަށާ، އަދި އެނޫންވެސް ބޭނުން ތަކަށް ގޭގައި އަބުދުވެސް ބޭނުން ކުރާ ބައެއް ސާމާނު ތަކަކީ ވަކި މުއްދަތެއްގެ ތެރޭގައި އައު ކުރަންޖެހޭ ތަކެއްޗެވެ. 

ކަން މިހެން ހުރި ނަމަވެސް، ފަރުވާ ކުޑަ ވުމުގެ ސަބަބުން، ނުވަތަ ނޭނގުމުގެ ސަބަބުން ނޫނީ އެ ނޫންވެސް ސަބަބަކާއިހުރެ ބައެއް ތަކެތި އައު ކުރަންޖެހޭ މުއްދަތު ތަކުގައި އައު ނުކުރެވި ހުންނަކަމީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. 

އޭގެ ނަތީޖާއެއްގެ ގޮތުން އަހަރެމެންގެ ސިއްހަތަށްވެސް ނޭދެވޭ އަސަރު ތަކެއް ކުރުވާނެ ކަމަށް ޑޮކްޓަރުންނާއި ކަމާއި ބެހޭ ތަޖުރިބާކާރުން ވިދާޅުވެއެވެ. 

އެގޮތުން، ދިވެހިރާއްޖޭ އެންމެ ފުންނާބު އުސް އެތެރެ ހަށީގެ އެއް ޑޮކްޓަރު ކަމުގައިވާ ޑރ. މުހައްމަދު ޢަލީ ވަނީ އާއްމު ދިރިއުޅުމުގައި އަހަރެމެން ބޭނުން ކުރާ ބައެއް ތަކެއްޗާއި އެތަކެތި އައު ކުރަންޖެހޭ މުއްދަތުގެ އިތުރުން އައު ނުކުރުމުން ކުރިމަތިވެދާނެ ބައެއް ކަންކަން ހިއްސާ ކުރައްވާފައެވެ. 

ޑރ. މުހައްމަދު ޢަލީ ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި

1) ގޭގައި ބޭނުން ކުރާ ސްޕޮންޖް ކޮންމެ ހަފްތާ އަކު ބަދަލު ކުރުން. 

2) އެންމެ މަދުވެގެން ކޮންމެ 2 އަހަރުން 1 ފަހަރު ބާލީސް ބަދަލު ކުރުން

3) ކޮންމެ 3 ނުވަތަ 4 މަހުން ދަތް އުނގުޅާ ބުރުސް ބަދަލު ކުރުން

4) ތަތް ނުލަވާ ތަވާ ނުވަތަ ތެލި ފަދަ ތަކެތީގައި ކޫރުން އެޅެން ފެށުމުން އެތަކެތި އައު ކުރުން

5) މޭކަޕް ސާމާނު މަދުވެގެން 6 މަހުން ބަދަލު ކުރުން

6) ހަފްތާއަކު 500 މިލިއަން ސެލް އަހަރެމެންގެ ހަށިގަނޑުން ނެއްޓޭއިރު، އަހަރެމެން ގިނަ ވަގުތު ހޭދަކުރާ، ގޮދަޑީގައި އަޅާ ބެޑް ޝީޓާއި ބާލިސް އުރަތައް ހަފްތާއަކު އެއްފަހަރު ހޫނުފެނުން ދޮވުން. 

7) ގައި ހިއްކާ ތުވާލި މަދުވެގެން ހަފްތާއަކު އެއްފަހަރު ދޮވުން. އަދި ދެ އަހަރުން އެއް އަހަރު ތުވާލި ބަދަލު ކުރުން. 

ކޮމެންޓް
ޖާމްސް
އަހަރެމެންނަކަށްތިޔަވަރަކަށްނުވެއްލިބޭ.ލިބޭނަމަދުވާލަކުއެއްފަހަރުބަދަލުކުރާނަން.
16 Jan 2023
ނޭންގުން
. އަދި ނަރަވައިތަށް ޗަސް ވާގޮތަށް. އޭރުން ބުރުސް ބަދަލުކުރަންވީ. ނޮން ސްޓިކް ތެލީގެ ދަވާދު ކެހެންފެށީމަ އެ ނުވާނެ ބޭނުން ކުރާކަށް. އެސްއެސް ބޭނުން ކުރެވޭނެ ކިތަންމެ ކޫރުމެއް އެޅިނަސް
16 Jan 2023
ގުޅޭ ލިޔުންތައް
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ