ކެޕްޓަން އަލީ އިހްސާން-- ފޮޓޯ/ ސަން
ހަބަރު
16 Jan 2023 | 10:05
ރާއްޖެ އަކީ އިންޑިޔާގެ ބައެއް ކަމަށް ބުނި ބުނުން، ރަސްމީކޮށް އިސްލާހުކުރަން ޖެހޭ: އިހްސާން

ދިވެހިރާއްޖެއަކީ އިންޑިއާގެ ބައެއް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަހުމަދު ވިދާޅުވި ވިދާޅުވުން، ރަސްމީކޮށް އިސްލާހު ކުރަންޖެހޭ ކަމަށް ކުރީގެ ކެޕްޓަން އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ކުރިއަށްދިޔަ ކޮންފަރެންސްގައި އެގައުމަށް ކުރި ދަތުރުގައި 'ދަ ނިއު އިންޑިއަން' ނޫހަށް އިނގިރޭސިބަހުން ދެއްވި ބަސްދީގަތުމެއްގައި ސައުދުالله ވަނީ، ދިވެހިރާއްޖެއަކީ މިނިވަން ގައުމެއްގެ ގޮތުގައި ކަނޑައެޅުނު ދުވަހުން ފެށިގެންވެސް އިންޑިޔާ އާއި ރާއްޖެ އަކީ އެއް އާއިލާއެއްގެ "މަންމަ އާއި ބައްޕަ" ފަދަ ދެ ގައުމު ކަމަށެވެ. އަދި ދެގައުމު ދެމެދުގައި އޮތް ގުޅުމާއި މެދު ވަރަށް ބޮޑަށް ފަޚްރުވެރިވެވަޑައިގަންނަވާކަމަަށް އޭނާ ވިދާޅުވި އެވެ. 

މިއާއެކު ސައުދުالله ވަނީ، ތައުލީމީ ދާއިރާއާއި، ސިއްހީ ދާއިރާއާއި، އަދި އެނޫންވެސް ދާއިރާ ތަކުން އިންޑިޔާ އިން، ރާއްޖެއަށް ވެދެމުންދާ ތައް އެހީތައް ފާހަގަކުރައްވައި، އިންޑިޔާގެ ބައެއްގެ ގޮތުގައި ރާއްޖެ އޮތް ކަމީ ވަރަށް ބޮޑު އުފަލެއް ކަމުގައި ވިދާޅުވެފައެވެ. 

"ވީ އާ ގްލޭޑް ޓު ބީ އަ ޕާޓް އޮފް އިންޑިއާ" ސައުދުالله އަހުމަދު ވިދާޅުވި އެވެ. 

މިކަމާއި ގުޅިގެން ކަންބޮޑުވުންފާޅުކުރައްވާ ކެޕްޓަން އިހްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭއަކީ އިންޑިޔާގެ ބައެއް ނޫންކަމަށާއި އަދި ދުވަހަކުވެސް އިންޑިއާގެ ބައެއްކަމަކަށް ނުވާނެކަމަށެވެ.

"ދިވެހިރާއްޖެއަކީ އިންޑިއާގެ އަވަށްޓެރި ގައުމެއް. އަދި އަބަދުވެސް އަވައްޓެރިއެއްގެ ގޮތުގައި އޮންނާނެ. ރާއްޖެއިން އަބަދުވެސް ދެގައުމުގެ ޒަމާންވީ ގުޅުމުގެ އަގު ވަޒަންކޮށް އިހުތިރާމް ކުރޭ. އަދި އެ ގުޅުން އެގޮތަށް ދެމިއޮންނަންވާނެ." އިހްސާން ވިދާޅުވި އެވެ. 

އެހެން ނަމަވެސް އެއަށްވުރެ އެ ގުޅުން ބޮޑުކޮށް، ރާއްޖެ އަކީ އިންޑިޔާގެ ބައެއް ކަމުގައި ދެކިގެން ނުވާނެކަން ފާހަގަކުރައްވައި އިހްސާން ވަނީ ސަރުކާރުގެ އޮފިޝަލުންގެ މިފަދަ ވާހަކަތަކަށް ސަރުކާރުން ޖާގަ ދީގެން ނުވާނެ ކަމަށާއި މިފަދަކަންކަން ރަސްމީކޮށް އިސްލާހު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ރާއްޖެ އަކީ އިންޑިޔާގެ ބައެއްގެ ގޮތުގައި ސިފަކުރައްވައި ސައުދުﷲ ވާހަކަދެއްކެވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އޭނާއަށް އަމާޒުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.