ހއ. ހޯރަފުށީ އެމްޑީޕީ މެންބަރުންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ / ރައީސް ޞާލިހު ކެމްޕެއިން ޓީމް
ހަބަރު
17 Jan 2023 | 14:49
ވައުދު ހަނދާނެއް ނުނެތޭ؛ ހޯރަފުށީ ރައްޔިތުންނާ ދެން ބައްދަލުކުރާނީ ހޮސްޕިޓަލުގެ މަސައްކަތް ނިންމާފަ: ރައީސް ޞާލިހު

ހއ. ހޯރަފުށީގައި ހޮސްޕިޓަލެއް ތަރައްޤީ ކުރުމަށް ވެވަޑައިގެންނެވި ވައުދު މަތިން ހަނދުމަފުޅު ނުނެތޭ ކަމަށާ، ދެން ހޯރަފުށީގެ ރައްޔިތުންނާއި ބައްދަލު ކުރާނީ ހޮސްޕިޓަލުގެ މަސައްކަތް ނިންމާފައި ކަމަށް ރައީސުލްމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ޞާލިހު ހއ އަށް ކުރައްވަމުންދާ ދަތުރުފުޅުގައި ހޯރަފުށްޓަށް ވަޑައިގެން އެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވިދާޅުވީ، އެމަނިކުފާނު ވެފައިވާ އެއްވެސް ވައުދަކީ ދޫކޮށްލާނެ ވައުދެއް ނޫންކަމަށެވެ.

އަދި ހޯރަފުށީގައި ހޮސްޕިޓަލެއް އެޅުމުގެ ވައުދަކީ ހަނދާން ނެތިފައިވާ ވައުދެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ހޮސްޕިޓަލުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރިންގެ މަރުހަލާގައިކަމަށެވެ. 

"ޔަގީން ކުރައްވައްޗޭ. ޔަގީން ކުރައްވައްޗޭ. އަޅުގަނޑުމެންނަކީ ވައުދެއްވަފަ އެކަން ދޫކޮށްލާނެ ބައެއްނޫން. މިއަދު އެވަނީ ހޮސްޕިޓަލް ޓެންޑާކޮށް ފައިނަލް މަރުހަލާގަ. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އެމަސައްކަތް ކުރާނެ ރަނގަޅު ބަޔަކާއި، ފަށާގޮތަށްގޮސް ނިންމާނެ ބަޔަކާއި އަޅުގަނޑުމެން ހަވާލުކުރާނަން. އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑު މިރަށަށް އައިސް ތިޔަބޭފުޅުންނާއި ބައްދަލު ކުރާނީ މިހޮސްޕިޓަލުގެ މަސައްކަތްވެސް ނިންމާފަ." ރައީސް ޞާލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ރައީސް ޞާލިހް ވަނީ، އެމަނިކުފާނުގެ ދައުރުގައި ހޯރަފުށީގެ ތަރައްޤީ އަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކޮށްދެވިފައިވާ ކަމަށް ވިދާޅުވެ، އެކަންކަމަށް އަލިއަޅުވާލައްވާފައެވެ. 

ރައީސް ޞާލިހުގެ ކެންޕެއިނަށް ހއ އަށް ކުރައްވަމުންދާ މި ދަތުރުފުޅުގައި ހޯރަފުށީގެ އިތުރުން އެ އަތޮޅުގެ އިހަވަންދޫ އާއި، ކެލާ އަދި ދިއްދޫ އަށް ވަޑައިގެން އެ ރަށު އެމްޑީޕީ މެންބަރުންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ދިއްދޫގައި ބޮޑު ޖަލްސާ ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.