އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު ޢަލީ--
ހަބަރު
17 Jan 2023 | 14:43
ރައީސް ޞާލިހަށް މަރުހަބާ ދަންނަވަން އިހަވަންދޫ ސުކޫލުކުދިން ނެރޭކަށް ހުއްދައެއް ނުދެން: އެޑިއުކޭޝަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހއ އިހަވަންދޫއަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އިހަވަންދޫ ސުކޫލުގެ ދަރުވަރުން ނެރުނީ އެޑިއުކޭޝަން މިނިސްޓްރީއިން ހުއްދަ ހޯދައިގެން ނޫންކަން އެ މިނިސްޓްރީއިން ހާމަކޮށްފިއެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިހަވަންދޫއަށް ވަޑައިގެންފައިވާއިރު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އިހަވަންދޫ ސުކޫލުގެ ގްރޭޑް 1-5 ގެ ދަރިވަރުންނާއި ބެލެނިވެރިން އެ ރަށު ބަނދަރު ސަރަހަށްދަށް ނިކުތުމަށް އިހަވަންދޫ ސުކޫލުން ވަނީ އަންގާފަ އެވެ. 

ރައީސް ސޯލިހުގެ އިސްތިގުބާލަށް ނިކުތުމަށް އަންގާ އިހަވަންދޫ ސުކޫލުން ނެރުނު އިއުލާނު 

އެކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ އިހަވަންދޫ ސުކޫލުގެ ދަރިވަރުން ރައީސް ސޯލިހަށް މަރުހަބާ ދަންނަވަން ނެރޭކަން މިނިސްޓްރީއަށް އަންގާފައި ނުވާކަމަށެވެ.

އެފަދައިން އިހަވަންދޫ ސުކޫލުން އަމަލުކުރީ މިނިސްޓްރީއަށް އެނގިގެން ނޫން ކަމަށާއި، މަރުހަބާ ދެންނެވުމަށް ދަރިވަރުން ނެރުމާއި ގުޅޭގޮތުން އަމަލުކުރަންވީ ގޮތް އެޑިއުކޭޝަން މިނިސްޓްރީއިން ސުކޫލުތަކަށް އަންގާފައިވާނެ ކަމަށާއި، މިނިސްޓްރީއިން އަމަލު ކުރަމުންދާނީ އެ އުސޫލުގެ މަތިންކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ބުނެފައެވެ. 

މަރުހަބާ ކިޔުމަށް ސުކޫލު ދަރިވަރުން ބައިވެރި ކުރުމުގައި އަމަލުކުރަންވީގޮތް ބަޔާންކޮށް އެޑިއުކޭޝަނުން ނެރެފައިވާ ސާކިއުލާ

އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ ސޮއިކުރައްވާ ސުކޫލުތައް އަންގާފައިވާ ސާކިއުލާގައި ބުނެފައިވަނީ ސަރުކާރުގެ އިސްވެރިންނާއި އިއްޒަތްތެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އެ ފަރާތްތަކަށް މަރުހަބާ ދެންނެވުމަށް ދަރިވަރުން އަވީގައި ގިނަ ވަގުތު ބޭތިއްބުމަކީ އެކުދިންގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރާނެ ކަމެއްކަމަށް ވާނެތީއާއި، އެކަމުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިންގެ ވަގުތުތައް ގެއްލިގެން ދާނެތީ، މަރުހަބާ ދެންނެވުމަށް ދަރިވަރުން ނުނެރުމަށް އަންގާކަމަށެވެ. 

އެހެންކަމުން މިއަދު އިހަވަންދޫ ސުކޫލުގެ ދަރިވަރުންތަކެއް ރައީސް ސޯލިހަށް މަރުހަބާ ދެންނެވުމަށް ނެރެފައިވައިވާނީ މިނިސްޓްރީގެ އުސޫލާއި ޚިލާފަށެވެ. 

އެހެން ނަމަވެސް އެކަމާއި ގުޅޭގޮތުން އަޅާނެ އެއްވެސް ފިޔަވަޅެއް އެޑިއެކޭޝަނުން އަދި ހާމަކޮށްފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ