ރައީސް ސޯލިހު ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގެ ތެރެއިން/ ފޮޓޯ: ސަން
ހަބަރު
18 Jan 2023 | 08:25
ކޯވިޑާ ގުޅިގެން ގިނަ ދުވަސްތައް ވީ ބޭކާރު، މަސައްކަތް ކުރަން ލިބުނީ ދެ އަހަރު ބައި: ރައީސް ޞާލިހު

ކޯވިޑް-19 ގެ އާލަމީ ވަބާއާއި ގުޅިގެން ސަރުކާރުގެ ގިނަ ދުވަސްތަކެއް ބޭކާރުވެގެން ދިޔަ ކަމަށާއި، ހަގީގީ މަސައްކަތެއް ކުރުމަށް ލިބުނީ އެންމެ ދެ އަހަރާއި ބައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައިވަނީ ދިއްދޫގައި އޮތް އެމަނިކުފާނުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ރައީސް ސޯލިހު ވިދާޅުވީ ކޯވިޑް-19 ގެ ބަލިމަޑުކަމަކީ ސަރުކާރުގެ އަމާޒަށް ވާސިލުވުމަށް އެޅުނު ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. 

"އަޅުގަނޑުމެންނަށް ދަތިތަކެއް ކުރިމަތިވި ކޮވިޑާއި ގުޅިގެން. ހަގީގީ މަސައްކަތެއް ކުރަން އަޅުގަނޑުމެންނަށް ތަރައްގީގެ މަސައްކަތެއް ކުރަން އަޅުގަނޑުމެންނަށް ލިބުނީ ދެ އަހަރާއި ބައިވަރު"

ރައީސް ސޯލިހު 

ރައީސް ސޯލިހު ވިދާޅުވީ ސަރުކާރަށް ލިބުނު މުއްދަތުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. 

ރައްޔިތުންގެ އިތުބާރު އެމަނިކުފާނަށް އޮތް ކަމަށާއި، ވަޑައިގަންނަވާ ކޮންމެ ރަށަކުންވެސް ފެނިގެންދަނީ ރައްޔިތުން އެމްޑީޕީއާއެކު ކުރިއަށް ދާން ބޭނުންވެފައި ތިބި މަންޒަރުކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

އަދި ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ސޯލިހު ވަނީ ދެއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ